މަހުގެ އަގުގެ މައްސަލާގައި މާލިއްޔަތު ކޮމެޓީ ހޫނުވެގެން ހުއްޓާލައިފި

އެމްޑީޕީ ބައެއް މެންބަރުން ކޮމެޓީގައި ވިދާޅުވީ މަހުގެ އަގު ކަނޑައެޅުމުގައި ދަޅު މަސް ބަންދުކުރާ އަގަށްވެސް ރިއާޔަތް ކުރަން ޖެހޭނެ އެވެ.

މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއް: މިއަދުގެ ބައްދަލުވުން ވަނީ މެދުކަނޑާލައިފައި

މަސްވެރިންގެ އަތުން ގަންނަ މަސް ދުނިޔޭގެ ބާޒާރުގެ އަގަށް ދޫކޮށްލި މައްސަލާގައި އެމްޑީޕީ އާއި ކޮންގްރެސް ޕާޓީގެ މެންބަރުންގެ މެދުގައި ޒުވާބު ހިނގައި ހޫނުވެގެން މާލިއްޔަތު ކޮމެޓީ ހުއްޓާލަން ޖެހިއްޖެ އެވެ. 

މަޖިލީހުގައި މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީ ހޫނުވެގެން ހުއްޓާލަން ޖެހުނީ އެމްޑީޕީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ކޮމެޓީގައި ދެއްކެވި ވާހަކަފުޅާ ގުޅިގެން ހިތަދޫމެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގު ޖަވާބު ދެއްވުމާއެކު އުފެދުނު ބަހުސެއްގަ އެވެ. މި ބަހުސް ހޫނު ވެގެން ދިޔައީ މާލިއްޔަތު ކޮމެޓީގެ މުރައްރިގު ބަހުސްގައި ބައިވެރިވެޑައިގެން "އޮފް ދަ ރިކޯޑް" ގައި ދެއްވި ޖަވާބަކާ ގުޅިގެންނެވެ. 

އެމްޑީޕީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޝަމްހީދު ވިދާޅުވީ މަހުގެ އަގަށް ބަދަލު ގެނައުމުގައި ދަޅު މަސް ވިއްކާ އަގަށް ވެސް ރިއާޔަތް ކުރަން ޖެހޭނެ ކަމަށެވެ. މި ވާހަކަފުޅަށް ޖަވާބު ދެއްވަމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވަނީ މަސްވެރިންކަކީ ގަމާރު ބައެއް ނޫން ކަމަށާ މަހުގެ އަގަށް ގެންނަ ބަދަލާއެކު ދެން ވާނެ ގޮތް މަސްވެރިންނަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.

ކޮމެޓީގައި ގާސިމް ވަނީ މަހުގެ އަގަށް ބަދަލު ގެނައި ނަމަވެސް މަސްވެރިކަން ހަލާކު ވެގެން ނުދާނެ ކަމަށް ބުނެފަ އެވެ. މިއާއެކު އެމްޑީޕީ މެންބަރުންނާއި ކޮންގްރެސްގެ މެންބަރުންގެ ދެމެދުގައި ވަނީ ހޫނު ޒުވާބެއް ހިނގާފަ އެވެ. އަދި ފަހުން ވަނީ ކޮމެޓީ ހުއްޓާލާފަ އެވެ. 

ސަރުކާރުން ވަނީ މަސް ގަންނަމުން ދިޔަ އަގު ދުނިޔޭގެ ބާޒާރުގެ ރޭޓަށް ބަދަލުކޮށްފަ އެވެ. މި ބަދަލާއެކު މަހުގެ އަގު ވަނީ 20ރ. އިން 16-14ރ. އާ ދެމެދަށް ބަދަލުވެފަ އެވެ. މިއާއެކު މަސްވެރިންނަށް ދޭންހުރި 53 މިލިއަން ރުފިޔާދީ ދެ ހަފުތާއިން ފައިސާ ދޫކުރަން ވަނީ ފަށާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.