ޗެލްސީ އާއި ސިޓީއަށް ބޮޑު މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގްގައި ރެއަކީ ވެސް ވަރުގަދަ މެޗްތައް ކުޅުނު ރެއެކެވެ. ރޭގެ މެޗްތަކުގައި އެންމެ ބޮޑަށް ފާހަގަވެފައި ވަނީ ޕީއެސްޖީ އާއި މެން ސިޓީ އާއި ޗެލްސީ ހިމެނޭ މެޗްތަކެވެ.

ރޭގެ މެޗަށް ފަހު ކޯޗް ގްރެހެމް ޕޮޓާ އާއި ބައެއް ކުޅުންތެރިން: ޗެލްސީ ވަނީ ހަމައަކަށް އެޅިފައި

ޔުއެފާ ޗެމްޕިއަންސް ލީގްގައި ރޭ ޗެލްސީ ފޯމަކަށް އައިސް އޭސީ މިލާންގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ގްރޫޕް ސްޓޭޖުގެ މެޗުގައި މިހާތަނަށް އެ ޓީމަށް އޮތް ހާސްކޮށް ކަނޑުވައިލި އެވެ. އަދި ޑެންމާކުގެ ކޮޕަންހޭގަންގެ މައްޗަށް 5-0 އިން އިނގިރޭސި މެންޗެސްޓާ ސިޓީން ވަނީ ފަސް ލަނޑު ވައްދާލާފަ އެވެ.

ސްޓެމްފޯޑް ބްރިޖްގައި ތޭ ޗެލްސީން އޭސީ މިލާނާއި ދެކޮޅަށް ކުޅުނު މެޗުގައި ވިންގް ބެކް ރީޒް ޖޭމްސްގެ މޮޅު ކުޅުން ފެނިގެން ދިޔައިރު ތިއާގޯ ސިލްވާގެ މޮޅު ކަމާއި ވިސްނުން ތޫނު ކަމަށް ބަަދަލެއް ނާންނަކަށް ސާބިތުވި އިރު ޗެލްސީއަށް ފުރަތަމަ ލަނޑު ޖަހައިދީ ޒުވާން ޑިފެންޑަރު ވެސްލީ ފޮފާނާ ވަނީ ޓީމަށް ހަމަޖެހުން ގެނެސްދީފަ އެވެ. ރޭގެ މެޗުގައި އަނިޔާ ވެގެން ފޮފާނާއަށް މެޗް ފުރިހަމަ ކުރެވޭ ގޮތެއް ނުވިއެވެ.

ޗެލްސީ މެޗަށް ނިކުތްއިރު އޮތީ މޮޅުވާން މަޖުބޫރުވެފަ އެވެ. އޭރު ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ޗެލްސީ އަށް ލިބިފައި އޮތީ އެންމެ ޕޮއިންޓެކެވެ. މިލާން އޮތީ އޭރުވެސް ހަތަރު ޕޮއިންޓް ހޯދައިގެނެވެ. މެޗުގެ 24 ވަނަ މިނެޓްގައި ފޮފާނާ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިން އިރު ރީސް ޖޭމްސް ނަގައިދިން ހުރަހަކުން 56 ވަނަ މިނެޓްގައި ދެވަނަ ލަނޑެއް ކާމިޔާބުކޮށްދިނީ އޮބާމިއާން އެވެ. ތިންވަނަ ލަނޑު 62 ވަނަ މިނެޓްގައި ރީޒް ޖޭމްސް އެވެ.

ސިޓީން ރޭގެ ފަސޭހަކަމާއެކު ކާމިޔާބުކުރިއިރު އެޓީމުގެޗ ގޯލުތަކުގެ ތެރެއިން ދެ ގޯލް ކާމިޔާބު ކޮށްދިނީ ހުނަރުވެރި ފޯވާޑް އާލިން ހާލަންޑެވެ. އޭނާ މި ސީޒަނުގައި ކާމިޔާބުކުރި ގޯލުގެ އަދަދަކީ 19 އެވެ.

ރޭގެ މެޗުގައި ސިޓީގެ ހާލަންޑް ލަނޑެއް ޖެހުމުން ކުޅުންތެރިން މަރުހަބާ ކިޔައި އުފާ ފާޅު ކުރަނީ

ލީގުގެ އެހެން މެޗްތައް

ޕީއެސްޖީ އާއި ބެންފީކާ ބައްދަލު ކުރި މެޗު ނިމުނުނީ 1-1 އިން އެއްވަރު ވެގެނެވެ. ރެއާލް މެޑްރިޑު މޮޅުވީ 2-1 އިން ޝަހްތަރް ޑޮނެޓްކްސްކް ބަލިކޮށެވެ. ޔުވެންޓަސް އިން 3-1 އިން މަކަބީ ހައިފާ ބަލިކުރި އެވެ. ބްރޫޝިއާ ޑޯޓްމަންޑުން ވަނީ 4-1 އިން ސެވިއްޔާ ބަލިކުރި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.