"އިރާދަކުރެއްވިއްޔާ މި ހަފްލާ އެކަށީގެންވާ ފަދަ ފުރިހަމަ ގޮތެއްގައި ފަހުގެ ތާރީހެއްގައި ބޭއްވޭނެ ކަން ކުޅިވަރުގެ އާއިލާގެ އެންމެހާ ފަރާތްތަކަށް ދަންނަވަން،"
މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން އިން ބުނި ގޮތުގައި ޖުލައި ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާ މިހާރު ވަނީ އަހަރުގެ ފަހުކޮޅަށް ފަސްކޮށްފަ އެވެ. ހަފްލާ ބޭއްވުމަށް އެކި ތައްޔާރީތައް ވަމުންދިޔަ ނަމަވެސް މިވަގުތަށް ފަސްކޮށްލަން ނިންމީ ދައުލަތުގެ ހަރަދު ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަޅުއްވަން ނިންމެވި ހާއްސަ ފިޔަވަޅުތަކާއި ގުޅިގެން ކަމަށް ބުންޏެވެ.
އަދި މި ނިންމުން ނިންމުމުގެ ކުރީން އެވޯޑް ހަފްލާއާ ގުޅުންހުރި ފަރާތްތަކާ އެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
"އިރާދަކުރެއްވިއްޔާ މި ހަފްލާ އެކަށީގެންވާ ފަދަ ފުރިހަމަ ގޮތެއްގައި ފަހުގެ ތާރީހެއްގައި ބޭއްވޭނެ ކަން ކުޅިވަރުގެ އާއިލާގެ އެންމެހާ ފަރާތްތަކަށް ދަންނަވަން،" ސްޕޯޓްސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވެ އެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ބޭއްވުމަށް ހަމަޖެއްސީ ހުޅުމާލެ ސިންތެޓިކް ޓްރެކްގަ އެވެ. ފެންވަރު ރަނގަޅު ސްޓޭޖަކާ އެކު އެ ސަރަހައްދު އެވޯޑް ނައިޓަށް ތައްޔާރު ކުުރުމުގެ ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. ނަމަވެސް ހަފްލާ ފަސްކުރުމުން ސްޓޭޖް ރޫޅާލަން ވަނީ ފަށާފަ އެވެ.
ސްޕޯޓްސް މިނިސްޓްރީން ބުނި ގޮތުގައި ސްޓޭޖް ރޫޅާލާ އެތަކެތި ވަނީ ފަހަށް ރައްކާކޮށްފަ އެވެ.