ކޮންގްރެސްގެ ޖަހަގަ "ޕީއެންސީ ހައުސް" ހޮނިހިރު ދުވަހުގެ ރޭ ހުޅުވަނީ

"މިރާ" އަށް އެނގިފައިވާ ގޮތުގައި އެ އިމާރާތް ކޮންގްރެސް އިން ކުއްޔަށް ހިފާފައި ވަނީ ފަސް އަހަރު ދުވަހަށެވެ. އެތަން ކޮންގްރެސް އިން ހުޅުވުމާއެކު އެ ޕާޓީގެ ހަރަކާތްތައް ވަރުގަދަ ކުރާން ފަށައިގަންނާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު: ޕީއެންސީ ހައުސް ހުޅުވައި ދެއްވަނީ އެމަނިކުފާނު | ދަ މިރާ

ކޮންގްރެސްގެ ޖަހަގަ "ޕީއެންސީ ހައުސް" ހޮނިހިރު ދުވަހުގެ ރޭ ހުޅުވަން ނިންމައިފި އެވެ.

"ޕީއެންސީ ހައުސް" ހަދާފައި ވަނީ ގިނަ އަހަރުތަކެއް ވަންދެ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މާލޭގައި ހިންގަމުން އައި މައި ހަރުގެ އަދި ފަހުން އެ ޕާޓީ ދެ ބައިވެ އުފެދުނު "ދަ ޑިމޮކްރެެޓްސް" އިން ހަރުގެއަކަށް ހަދައި ހުޅުވައިގެން އުޅުނު ތަނުގަ އެވެ.

"އެމްޑީޕީގެ ހަރުގެ" އާއި "ހައުސް އޮފް ޑިމޮކްޓެރެސް" ހިންގި ހ. ވެޔޮވިލާ، އިމާރާތަކީ ޑިމޮކްރެޓްސްއަށް ނިސްބަތްވެ ވަޑައިގަންނަވާ ޝަފިއްޔާ ޒުބައިރުގެ އިމާރާތެކެވެ. އެ ކަމަނާއަކީ އެ ޕާޓީގެ ބާނީ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅެކެވެ. އަދި ފަހުން އެކަމަނާ ވެ ވަޑައިގެންފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ބޭފުޅަކަށެވެ.

އެ ހަރުގެ ޕީއެންސީން ކުއްޔަަށް ނަގާ ޖަގަހަ ވަނީ ވަރަށް ރީތިކޮށް ތައްޔާރުކޮށްފަ އެވެ. ޕީއެެންސީން ބުނީ އަންނަ ހޮނިހިރު ދުވަހު ރޭ އެ ޖަގަހަ ހުޅުވާނެ ކަމަށެވެ. ޖަގަހަ ހުޅުވުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާނެ އެވެ. އެ ރަސްމިއްޔާތުގައި ޖަގަހަ ހުޅުވައި ދެއްވާނީ ކޮންގްރެސްގެ ރައީސް / ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

"މިރާ" އަށް އެނގިފައިވާ ގޮތުގައި އެ އިމާރާތް ކޮންގްރެސް އިން ކުއްޔަށް ހިފާފައި ވަނީ ފަސް އަހަރު ދުވަހަށެވެ. އެތަން ކޮންގްރެސް އިން ހުޅުވުމާއެކު އެ ޕާޓީގެ ހަރަކާތްތައް ވަރުގަދަ ކުރާން ފަށައިގަންނާނެ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.