ރާއްޖޭގެ ރިސޯޓެއްގައި ގެނބުނު ބަޔަކު ސަލާމަތްކުރީ ސްޕޭންގެ ފުޓުބޯޅަ ތަރިއެއް

މި ހާދިސާ ހިންގާފައިވަނީ ރެއާލް މެޑްރިޑުގެ ތަރި ސާޖިއޯ އަރިބާސް ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަ ކުރަމުން ދަނިކޮށެވެ. މި މީހުން ސަލާމަތް ކުރުމުން އަރިބާސްގެ ހިތްވަރަށް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ.

ސާޖިއޯ އަރިބާސް ވިލާއިން ފުންމާލައިގެން ގެންގެމުން ދިޔަ މީހުން ސަލާމަތް ކުރަނީ

ރާއްޖޭގެ ރިސޯޓެއްގައި އޮޔާ ދަމައިގަނެ ގެނބުން ދިޔަ ބަޔަކު ސްޕޭންގެ ފުޓުބޯޅަ ތަރި ސާޖިއޯ އަރިބާސް ސަލާމަތްކޮށް ގިނަ ބައެއްގެ ސަމާލުކަމާއި ތައުރީފު ހޯދައިފި އެވެ. 

ސާޖިއޯ އަރިބާސްގެ މި ހިތްވަރު ގަދަ އަވަސް ވިސްނުމުގެ ފިޔަވަޅުގެ ވާހަކަ ސްޕޭންގެ ނޫސްތަކުގެ ފަލަ ސުރުހީން ވެސް ވަނީ ޖާގަ ހޯދާފަ އެވެ. 

އަންނަ ސީޒަންގައި ރިއާލްއާ އަނެއްކާ ވެސް ގުޅޭނެ ކަމަށް ބެލެވޭ ސާޖިއޯ އަރިބާސް ގެނބެމުން ދިޔަ ދެ މީހުން ސަލާމަތް ކުރީ އޭނާ ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަން އައިސް އުޅުމުގެ ތެރޭގަ އެވެ. 

ސްޕޭންގެ ފުޓުބޯޅަ ތަރި ސާޖިއޯ އަރިބާސް

މި ހާދިސާ ހިނގިއިރު 22އ، ގެ އަރިބާސް އާއި އޭނާގެ ލޯބިވެރިޔާ ގެންދިޔައީ އިންސްޓްގްރާމުން ލައިވް އެއް ކުރިއަށް ގެންދަމުންނެވެ. އޭނާ ހުރި ވިލާގެ ކައިރިން އޮޔާ ދިޔަ ބަޔަކު ފެނުމާއެކު ވަނީ ވަގުތުން ލައިވް ހުއްޓާލައި ވިލާއިން މޫދަށް ފުންމާލައިގެން އެމީހުން ސަލާމަތްކޮށްފަ އެވެ.

އަރީބާސް މިހާރު ކުޅެމުން އަންނަނީ ލޯނެއްގެ ދަށުން އަލްމެރިއާގަ އެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި އެ ކްލަބަށް ލީގުގައި 34 މެޗު ކުޅެދީ، ނުވަ ގޯލު ޖަހައި ފަސް އެސިސްޓް ހޯދައިފަ އެވެ. މި ސީޒަން ނިމުމުން އޭނާ އެނބުރި ރެއާލް މެޑްރިޑަށް އަންނާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.