ފުރަތަމަ ތިން މަހު 2019 އަށްވުރެ ފްލައިޓް މޫވްމެންޓް 40 ޕަސެންޓް އިތުރު

މި އަހަރުގެ ފުރަތަމަ ތިން މަހު ފްލައިޓްތައް އިތުރުވެފައިވަނީ އިއްތިހާދު އެއާވޭސް އާއި އެއާ ވިސްޓާ އަދި އަދި ޗައިނާ އީސްޓަން އެއާލައިންއިންނެވެ.

ޗައިނާއިން އައި އެއާލައިންއަކުން ޓޫރިސްޓުން ފައިބަނީ : ޗައިނާ ޓޫރިސްޓުންގެ އަދަދު އިތުރު

މި އަހަރުގެ ފުރަތަމަ ތިން މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ފްލައިޓް މޫވްމެންޓް 2019 އަށްވުރެ 40 ޕަސެންޓް އިތުރު ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނެފި އެވެ. 

އެމްއެމްއޭއިން މި އަހަރުގެ ފުރަތަމަ ކުއާޓާގެ އިގްތިސޯދީ ހަރަކާތްތަކާއި ސިނާއަތްތަކުގެ މައްޗަށް ބަލައި ނެރުނު ކުއާޓަރީ އިކޮނޮމިކް ބްލެޓިން (ކިއުއީބީ) ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފްލައިޓް މޫވްމެންޓް އިތުރުވެފައވަނީ ދެ ޕަސެންޓެވެ. ނަމަވެސް މި އަދަދަކީ ރެކޯޑް އަދަދަކަށް ކޮވިޑް-19 ގެ ކުރީގައި ޓޫރިސްޓން އައި 2019 ވަނަ އަހަރާ އަޅާ ކިޔާނަމަ 40 ޕަސެންޓް އިތުރު އަދަދެކެވެ. 

އިންޓަނޭޝަނަލް ފްލައިޓް މޫވްމެންޓް އިތުރުވީ މައިގަނޑު ތިން އެއާލައިނަކުން ރާއްޖެއަށް ކުރަމުން ދިޔަ ދަތުރުތައް އިތުރުވެ ފްލައިޓް އިތުުރުވެފައިވާތީ އެވެ. މި ތިން އެއާލައިންއަކީ އިއްތިހާދު އެއާވޭސް އާއި އެއާ ވިސްޓާ އަދި އަދި ޗައިނާ އީސްޓަން އެއާލައިން އެވެ. އަދި މި މުއްދަތުގައި ރާއްޖެއަށް ކުރަމުންދާ ދަތުރުތައް މަދުވި އެއާލައިންތަކުގެ ތެރޭގައި ޖެޓްމޫވްމެންޓުގެ އިތުރުން އިންޑިއާގެ ކޯއެއާ ހިމެނެ އެވެ. 

މި އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހަކީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނައިން ޓޫރިސްޓުން އައި އެ ދުވަހެވެ. އެ ދުވަހު ރާއްޖެއަށް 10,214 ޓޫރިސްޓުން އައިސްފައިވެ އެވެ. މި އަހަރުގެ ފުރަތަމަ ތިން މަހު ޖުމްލަ 604,004 ޓޫރިސްޓުންނަށް ރާއްޖޭން މަރުހަބާ ކިޔާފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއަށް ޒިޔާރަތްކުރި 550،0000 މީހުންނާ އަޅާބަލާއިރު 15 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި 2019 ވަނަ އަހަރާ އަޅާ ކިޔާނަމަ އެ އަހަރު ޒިޔާރަތްކުރި ޓޫރިސްޓުންނާ އަޅާބަލާނަމަ 25 ޕަސެންޓުގެ އިތުރުވުމެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.