އެސްޓީއޯގެ މުވައްޒަފުންގެ ފަރާތުން ފަލަސްތީނަށް ތިންލައްކަ ރުފިޔާ ހަދިޔާކޮށްފި

އެސްޓީއޯ މުވައްޒަފުންގެ ނަމުގައި ފަލަސްތީނަށް އެހީތެރިވެފައިވާއިރު، އެސްޓީއޯގެ ބައެއް އައުޓްލެޓްތަކުގައި މި ހަރަކާތަށް ފަންޑު ފޮށި ބަހައްޓާފައި އެބަހުއްޓެވެ.

އެސްޓީއޯގެ މުވައްޒަފުން ފަލަސްތީނަށް އެހީވުމަށް 300،000 ރުފިޔާ ހަދިޔާ ކޮށްފި އެވެ. 

މި ފައިސާ ހަދިޔާކޮށްފައި ވަނީ ފަލަސްތީނަށް އެހީވުމަށް ދައުލަތުގެ މީޑިއާ (ޕީއެސްއެމް) އިން ކުރިއަށް ގެންދާ ޓެލެތޯންގެ ތެރެއިންނެވެ. 

މި ފައިސާ ހަވާލުކުރަން ދިޔަ އެސްޓީއޯގެ މުވައްޒަފުންގެ ޓީމުން ބުނީ، މިފަދަ އެހީތެރިކަމެއް ފަލަސްތީނަށް ފޯރުކޮށްދެވުމަކީ އެމީހުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި އެސްޓީއޯގެ ބައެއް އައުޓްލެޓްތަކުގައި ފަންޑުފޮށި ބަހައްޓައިގެން، ފަންޑްރައިސް ކުރުމުގެ ހަރަކާތް ވެސް ފޯރީގައި ކުރިއަށް ދާ ކަމަށް ބުންޏެވެ. 

އެސްޓީއޯގެ އިތުރުން ދައުލަތުގެ އެހެން ބައެއް ކުންފުނިތަކުންނާއި، މުވައްސަސާތަކުން ވެސް ވަނީ މި ޓެލެތޯންގެ ތެރެއިން ފަލަސްތީނަށް އެހީވުމަށް ބޮޑެތި އަދަދުތަކުން ހަދިޔާކޮށްފަ އެވެ. 

ރައީސްގެ އެދިވަޑައިގަތުމަކަށް ދައުލަތުގެ މީޑިއާއިން އިސްނަގައިގެން ޓެލެތޯންއެއް ފަށާފައިވާއިރު، މި ހަރަކާތް މިރޭ 12:00 އާ ހަމައަށް ކުރިއަށް ދާނެ އެވެ. މާލެ ސަރަހައްދުގެ 13 ތަނަކު ފޮށިތައް ވަނީ ބަހައްޓާފަ އެވެ. އެއީ؛

  •  ޕީއެސްއެމް - ލޮޖިސްޓިކްސް އޮފީސް
  •  ޕީއެސްއެމް - ސްޓޫޑިއޯ 3
  •  އެމްޓީސީސީ - ވިލިމާލެ ޓިކެޓް ކައުންޓަރު
  •  އެޗްޑީސީ - ހުޅުމާލެ ފޭސް 2 ބަސް ސްޓޮޕް
  •  ހުޅުމާލެ ހޮސްޕިޓަލް
  •  އެމްއޭސީއެލް - ޑޮމެސްޓިކް ޓާމިނަލް
  •  އެމްޕީއެލް
  •  އެމްޑަބްލިއުއެސްސީ
  •  ދަރުމަވަންތަ ހޮސްޕިޓަލް
  •  ވެލާނާގެ
  •  އެސްޓީއޯ ޕީޕަލްސް ޗޮއިސް
  •  އެސްޓީއޯ ހެޑް އޮފީސް
  •  ސްޓެލްކޯ

ޕީއެސްއެމް އިން ބުނީ ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށް އޮންލައިންކޮށް ވެސް ފައިސާ ފޮނުވޭނެ ކަމަށެވެ. އެގޮތުން ދިވެހި ފައިސާއިންނަމަ ފައިސާ ޖަމާކުރާނީ 7730000655865 އެކައުންޓަށެވެ. އަދި ޑޮލަރުން ނަމަ، 7730000655866 އެކައުންޓަށެވެ.

މި ޓެލެތޯން ފައްޓަވައިދެއްވުމަށްފަހު ރައީސްގެ ދެކަނބަލުން ވަނީ ފައިސާ ޑޮނޭޓް ކުރައްވާފަ އެވެ. އޭގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި އިސްވެރިން ވެސް ވަނީ ޓެނެތޯންގައި ބައިވެރިވެވަޑައިގެން ފައިސާ ޑޮނޭޓް ކުރައްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.