މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އިއުލާން ކޮށްފި

މެޖޯރިޓީ ލީޑަރަކީ މަޖިލީހުގައި އެންމެ ގިނަ ގޮނޑި ކޮންޓްރޯލް ކުރާ ޕާޓީ، ނުވަތަ އެ ޕާޓީގެ ފަރާތުން ހުންނަ އިސް މެންބަރެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރަކީ ކޮންގްރެސް ޕާޓީގެ މެންބަރު އިބްރާހިމް ފަލާހު ކަމަށް މަޖިލީހުގެ ރިޔާސަތުން މިއަދު އިއުލާން ކޮށްފި އެވެ. 

މަޖިލީހުގެ ޖަލްސާ މިއަދު ފައްޓަވައި ދެއްވާ، ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 37 ވަނަ މާއްދާގައި ބުނާ ގޮތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރަކާއި މައިނޯރިޓީ ލީޑަރަކު ކަނޑައަޅަން ޖެހޭ ކަމަށެވެ. 

މެޖޯރިޓީ ލީޑަރަކީ މަޖިލީހުގައި އެންމެ ގިނަ ގޮނޑި ކޮންޓްރޯލް ކުރާ ޕާޓީ، ނުވަތަ އެ ޕާޓީގެ ފަރާތުން ހުންނަ އިސް މެންބަރެވެ. މައިނޯރިޓީ ލީޑަރަކީ އެންމެ ގިނަ ޕާޓީ ފިޔަވައި ދެވަނައަށް އެންމެ ގިނަ ގޮނޑި ކޮންޓްރޯލް ކުރާ ޕާޓީގެ ފަރާތުން ހުންނަ އިސް މެންބަރެވެ.

ދެ ނަން އިއުލާނު ކުރައްވަމުން މަޖިލިސް ރައީސް އަބްދުއް ރަހީމް ވިދާޅުވި އެވެ: 

"މަޖިލީހުގެ މެޖޯރިޓީ ލީޑަރަކީ މަޖިލީހުގައި އެންމެ ގިނަ ގޮނޑި ކޮންޓްރޯލް ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ [ކޮންގްރެސް ޕާޓީ] ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ އިތްޒަތްތެރި މެންބަރު އިބްރާހިމް ފަލާހު ކަމުގައި އިއުލާން ކުރަން، އަދި މައިނޯރިޓި ލީޑަރަކީ ދެވަނައަށް އެންމެ ގިނަ ގޮނޑި ކޮންޓްރޯލް، ކުރާ ޕާޓީ، ދިވެހި ރައްޔިތިންގެ ޑިމޮކްރެޓިކް ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ އިތްޒަތްތެރި މެންބަރު އިބްރާހިމް ނާޒިލް ކަމުގައި އިއުލާން ކުރަން" 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.