ގައުމީ ދިފާއީ ބާރުން ބުނި ގޮތުގައި މި އަދު ހެނދުނު 7:40 ހާއިރު ރިޕޯޓުކުރި މި ހާދިސާގައި އަލިފާން ރޯވީ ހިތަދޫ އުސްގަނޑު ސަރަހައްދުގައި ހުރި ބާ ކާރުތަކެއްގަ އެވެ.
އެ ހާދިސާގެ ރިޕޯޓު ލިބުމާ ގުޅިގެން އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑުގެ ހިތަދޫ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުންވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ފަޔާ ފައިޓަރުންގެ މަސައްކަތުން އަލިފާންގަނޑު ނިއްވައިލެވުނީ މިއަދު ހެނދުނު 8:00 ހާއިރުއެވެ.
އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާކަމަށް އެ އިދާރާއިން ބުނިއިރު، އެ ހާދިސާ ހިނގި ގޮތުގެ ތަފުސީލެއް އެ އިދާރާއިން މިހާތަނަށް ހާމަނުކުރެއެވެ.