ނަމަވެސް އެމަޖެންސީ ހާލަތްތަކުގައި ފާމަސީތަކުން ބޭސް ދޫކުރާނެ ކަމަށް ބުނެފައިވެ އެވެ. އަދި، މިކަމުގައި ދިމާވެދާނެ ދައްޗަކަށް އެކުންފުނިން ވަނީ މައާފަށް އެދިފަ އެވެ.
އެސްޓީއޯ އިން މިހާރު ބޭނުން ކުރަމުންދާ ސޮފްޓްވެއާ އަޕްގްރޭޑް ކުރާތީ މާދަމާ އެކުންފުނީގެ ފާމަސީތައް ބަންދު ވާނެ ކަމަށް ބުނެފި އެވެ.
އެސްޓީއޯ އިން މިއަދު ބުނީ އެކުންފުނިން ކަސްޓަމަރުންނަށް ދޭ ހިދުމަތް އިތުރަށް ފުޅާ ކުރުމަށްޓަކައި މިހާރު ބޭނުންކުރަމުންދާ ސޮޕްޓްވެއާ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދާތީ މާދަމާ ފާމަސީތަކުގެ ހިދުމަތް މެދުކެނޑިގެންދާނެ ކަމަށެވެ.
ނަމަވެސް އެމަޖެންސީ ހާލަތްތަކުގައި ފާމަސީތަކުން ބޭސް ދޫކުރާނެ ކަމަށް ބުނެފައިވެ އެވެ. އަދި، މިކަމުގައި ދިމާވެދާނެ ދައްޗަކަށް އެކުންފުނިން ވަނީ މައާފަށް އެދިފަ އެވެ.
އެސްޓީއޯ އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭސް ވިއްކާ ކުންފުންޏެވެ. އެހެން ފަރާތްތަކަށް އެތެރެކުރުން މަނާ ބޭސްތައް އެތެރެ ކުރުމުގެ ލައިސަންސް އޮންނަނީ އެސްޓީއޯ އަތުގަ އެވެ. މުޅި ރާއްޖޭގައި ގާތްގަނޑަކަށް އެ ކުންފުނީގެ 190 ފާމަސީ ހުރެ އެވެ.