ދުނިޔޭގެ ކޯޓަށް ގޮންޖަހާ ޔަހޫދީ ސިފައިން ގެންދަނީ ރަފަހަ ޓެންޓްތަކަށް ބޮން އަޅަމުންނެވެ. ދިރިތިއްބާ މީހުން އަންދަމުންނެވެ. ކުޑަކުއްޖަކަށް، އަންހެނަކަށް ވެސް ބެލުމެއް ނެތެވެ.
ސަރުކާރުގެ މި ނިންމުން މި އައީ އިޒްރޭލްގެ އަނިޔާވެރި ކަމުން ސަލާމަތް ވުމަށް ޣައްޒާގެ އެތައްހާސް ރައްޔިތުން މިހާރު ޖަމާވެފައިވާ ރަފަހަ ސިޓީގައި އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގުން އިތުރުވެފައި ވަނިކޮށެވެ.
ދުނިޔޭގެ ކޯޓަށް ގޮންޖަހާ ޔަހޫދީ ސިފައިން ގެންދަނީ ރަފަހަ ޓެންޓްތަކަށް ބޮން އަޅަމުންނެވެ. ދިރިތިއްބާ މީހުން އަންދަމުންނެވެ. ކުޑަކުއްޖަކަށް، އަންހެނަކަށް ވެސް ބެލުމެއް ނެތެވެ.
އިލްމުވެރީންނަށް ހާއްސަ ގުރޫޕެއްގައި މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ފަލަސްތީނުގެ ހައްގުގައި އަލުން ގުނޫތު ނާޒިލާ ކިޔަން ފަށާނެ ކަމަށެވެ. ގުނޫތު ނާޒިލާ ކިޔާނީ މަޣުރިބު ނަމާދާއި ފަތިސް ނަމާދު ގަ އެވެ.
"މާދަމާގެ މަޣުރިބު ނަމާދުން ފެށިގެން ފަލަސްތީނުގެ ރަައްޔިތުންގެ ހައްގުގައި ފަތިސް ނަމާދާއިމަޣުރިބު ނަމާދުގެ ގުނޫތު ނާޒިލާ ކިޔަން މާދަމާ އިމާމުންނަށް އަންގާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އިޒްރޭލުގެ ޔަހޫދީންގެ ފަރާތުން ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި ކުރިމަތިވަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތް ކޮށްދެއްވައި އަމާންކަމާއި ކެތްތެރިކަމާއި ރައްކާތެރިކަން ދެއްވުން އެދި ގުނޫޒު ނާޒިލާ ކިޔަން ކުރީން ވެސް ވަނީ ކިޔާފަ އެވެ. ވަރަށް ދިގު މުއްދަތަކަށް ހުރިހާ ނަމާދެއްގައި ކިޔެވެ.
ގުނޫތު ނާޒިލާއަކީ ބޮޑު ކާރިސާއެއް ކުރިމަތިވުމުން ނަމާދުގެ ފަހު ރަކްއަތުގައި ކިޔާ ހާއްސަ ގުނޫތު (ދުއާ) އެކެވެ. މާތް ރަސޫލާގެ ދުވަސްވަރުވެސް ބޮޑެތި ކާރިސާތައް ދިމާވުމުން ނަމާދުގެ ތެރޭގައި ގުނޫތު ނާޒިލާ ކިޔުއްވިއެވެ.
އެގޮތުން ހަނގުރާމައެއްގައި ވަރަށް ގިނަ ހާފިޒުން ޝަހީދުވުމާއި ގުޅިގެންވެސް ވަނީ ގުނޫތު ނާޒިލާ ކިޔުއްވާފައެވެ.