ކޮމަންވެލްތުގެ ބައްދަލުވުން ހުޅުވުމުގައި ރައީސް ބައިވެރިވެވަޑައިގެންފި

ކޮމަންވެލްތް ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް އާއި އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދު، ބައިވެރިވެވަޑައިގެންފި އެވެ. ރުވާންޑާގައި މި އަހަރު ބާއްވަނީ މިއީ ކޮމަންވެލްތު އިސް ވެރިންގެ 26 ވަނަ ބައްދަލުވުމެވެ. ބައްދަލުވުން އޮތީ ރުވާންޑާގެ ކިގާލީ ކޮންވެންޝަން ސެންޓަރުގައެވެ.

ކޮމަންވެލްތު ވެރިންގެ ބައްދަލުވުމުގައި ރައީސް މިއަދު ބައިވެވެރިވެ ވަޑައިގެންނެވި، މި ބައްދަލުވުން މާދަމާގެ ނިޔަލަށް ކުރިޔަށް ގެންދާނެ -- ފޮޓޯ: ރައީސް އޮފީސް

ކޮމަންވެލްތް ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް އާއި އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދު، ބައިވެރިވެވަޑައިގެންފި އެވެ.

ރުވާންޑާގައި މި އަހަރު ބާއްވަނީ މިއީ ކޮމަންވެލްތު އިސް ވެރިންގެ 26 ވަނަ ބައްދަލުވުމެވެ. ބައްދަލުވުން އޮތީ ރުވާންޑާގެ ކިގާލީ ކޮންވެންޝަން ސެންޓަރުގައެވެ. މިއަހަރު އެ ބައްދަލުވުމުގެގެ ޝިއާރަކީ "ޑެލިވަރިން އަ ކޮމަން ފިއުޗާ: ކަނެކްޓިން، އިނޮވޭޓިން، ޓްރާންސްފޯމިން" އެވެ. މިއީ ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ ބައްދަލުވުމެކެވެ.

މި މަހުގެ 20 އިން މާދަމާގެ ނިޔަލަށް ކުރިޔަށްދާ މި ބައްދަލުވުމުގައި، އެފްރިކާ ބައްރާއި ކެރީބިއަން އާއި އެމެރިކާ އަދި ޔޫރަޕާއި އޭސިއާ އާއި ޕެސިފިކްގެ 54 ގައުމެއްގެ އިސްވެރިންނާއި މަންދޫބުން ބައިވެރިވެވަޑައިގަންނަވަ އެވެ. އަދި މި ބައްދަލުވުމުގައި ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރު ކުރުމާއި އާ ފުރުސަތުތައް ދެނެގަތުމާއި އާ ޖީލުތަކަށް ހުރި ގޮންޖެހުންތައް ހައްލުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރާނެ އެވެ.

މީގެ އިތުރުން ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު ބާއްވާ މަތީ ފަންތީގެ ބައްދަލުވުމުގައި ވިޔަފާރިއާއި ސިއްހަތާ އަދި ތިމާވެށި ފަދަ މައުލޫތަތަކަށް މަންދޫބުންގެ މެދުގައި މަޝްވަރާތައް ކުރިޔަށް ދާނެ އެވެ. ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުގައި ހަތަރު ފޯރަމަކާއި މިނިސްޓީރިއަލް މީޓިންތަކާއި، ހަވާސާގައި ބާއްވާ އިވެންޓްތަކާއި، އެހެނިހެން ޙަރަކާތްތައް ވެސް ހިމެނެއެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުވުމުގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގެންނެވުން އެއީ ޑިމޮކްރަސީ އާއި ފާގަތިކަމާއި ސުލްޙަމަސަލަސްކަން ފަދަ ބައިނަލްއަގުވާމީ މުޖުތަމަޢުގެ ގުޅިފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އެއްބާރުލުން ދީ، ބައިނަލްއަގވާމީ މުޖުތަމައާއެކު މަސައްކަތްކުރުމުގައި ދެމިއޮންނާނެކަމުގެ ކަށަވަރުކަން ލިބިގެންދާ ކަމެއް ކަމަށެވެ.

ކޮމަންވެލްތުގައި ރާއްޖެއިން ފުރަތަމަ ބައިވެރިވީ ޖުލައި 9، 1982 ގައެވެ. ނަމަވެސް އޮކްޓޯބަރު 13، 2016 ގައި ދިވެހިރާއްޖެއިން ވަނީ ކޮމަންވެލްތުގެ މެންބަރުކަން ދޫކޮށްލާފަ އެވެ. މި ސަރުކާރުން ވެފައިވާ އެންމެ މުހިންމު އެއް ވައުދާ އެއްގޮތަށް ކޮމަންވެލްތުގައި އަލުން ބައިވެރިވާން ސަރުކާރުން ހުށަހެޅި ހުށަހެޅުމުން ފެބްރުއަރީ 1، 2020 ގައި އެކަން ބަލައިގަނެ، ރާއްޖެވަނީ އެ ޖަމާޢަތުގެ 54 ވަނަ މެންބަރު ގައުމުގެ ގޮތުގައި ހިމަނާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.