އުމްރާގެ އަޅުކަމަށް ފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

މިއީ ދެ ހަރަމްފުޅުގެ ހާދިމް / ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހާއްސަ މެހެމާންދާރީ ގައި ކުރެެއްވި އުމްރާ ދަތުރުފުޅެކެވެ.

ރައީސަށް ވީއައިއޭން ނާއިބު ރައީސް މަރުހަބާ ވިދާޅު ވަނީ

އުމްރާގެ އަޅުކަމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ރާއްޖެ ވަޑައިގެންފި އެވެ.

މިއީ ދެ ހަރަމްފުޅުގެ ހާދިމް / ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހާއްސަ މެހެމާންދާރީ ގައި ކުރެެއްވި އުމްރާ ދަތުރުފުޅެކެވެ. މޭ މަހު ގެ 10ން 15ށް ކުރެއްވި މި ދަތުރުފުޅު ގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އިސްލާމީ މަރްކަޒުގެ އިސް އިމާމު ޝައިހް މުހައްމަދު ލަތީފާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒާއި މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ޕްރެޒިޑެންޝަލް އެފެއާޒް އަލީ އާރިފާއި މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް އަބްދުﷲ ނާސީރު ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސްގެ މި ދަތުރުފުޅު ގައި މަދީނާ ގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންނާއި ބައްދަލު ކުރައްވާ އެ ދަރިވަރުންގެ ކަންބޮޑުވުންތައް އަޑުއެއްސެވި އެވެ. 

މިއީ ވެރިކަމަށް ވަޑައިގެންނެވި ފަހުން ރައީސް މުއިއްޒު ސައުދި އަރަބިއްޔާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މި އަހަރު ތެރޭގައި އެ ގައުމަށް ރަސްމީ / ފުރަމާނަ ދަތުރުފުޅެއް ކުރައްވާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.