މިއީ ފަތުރުވެރިކަމުގައި ކާމިޔާބު އަހަރެއް: ފާތިމަތު ތައުފީގު

ފާތިމަތު ތައުފީގު ވިދާޅުވީ މިއަހަރު ފުރަތަމަ ހަތަރު މަހު އެކަނިވެސް ފަސްލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއައި ކަމަށާއި، އެއީ ލިބުނު ވަރަށް ބޮޑުކުރިއެރުމެއް ކަމަށެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގް ބީބީސީއަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: އެމްއެމްޕީއާރުސީ

މިއީ ފަތުރުވެރިކަމުގެ ރޮނގުން ފާހަގަކޮށްލެވޭ އަހަރެއް ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެޖްޓަރު ފާތިމަތު ތައުފީގު ވިދާޅުވެއްޖެ އެވެ. 

ބީބީސީގެ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި ފާތިމަތު ތައުފީގު ވިދާޅުވީ، ވޭތުވެދިޔަ ހަތަރު މަހު މަހުގައި 25 ޕަސެންޓަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށެވެ. އަދި މިއީ ފަސްލައްކައިގެ ކުރިއެރުމެކެވެ. މި އަހަރު ދެ މިލިއަން ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް އަމާޒު ހިފާފައިވާކަން ފާހަގަ ކުރައްވާ އެމްޑީ ވިދާޅުބީ ފުރަތަމަ ކުއާޓާގައި އޭގެން 25 ޕަސެންޓަށްވުރެ މަތީ އަދަދެއް ހާސިލުކުރެވިފައިވުމީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.

މީގެ އިތުރުން، ގެސްޓްހައުސްތަކާއި ހޮޓެލްތަކުން ފަތުރުވެރިންނަށް ދިވެހިވަންތަ އެތަށް ތަޖުރިބާތަކެއް ފޯރުކޮށްދޭ ކަމަށާއި ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރާ ކަމަށް ވެސް ފާހަގަ ކުރައްވާފައިވެ އެވެ. ދިވެހި ސަގާފަތުގެ ސަބަބުން ފަތުރުވެރިންނަށް ތަފާތު ތަޖުރިބާތަކެއް ލިބުމުގެ އިތުރުން، ފަތުރުވެރިން ރާއްޖޭގައި އައިސް ހުރުމަށް ތަފާތު ފެންވަރުގެ ތަންތަން ހިޔާރު ކުރެވެ އެވެ.

ފާތިމަތު ތައުފީގު އިތުރަށް ވިދާޅުވ، ދިވެހިރާއްޖޭގެ ތިމާވެށި ބަލަހައްޓާ ދެމެހެއްޓުމަށް ފަތުރުވެރިކަމުގެ ދާއިރާގެ ސްޓޭކްހޯލްޑަރުންނާއި ޓޫރިޒަމް މިނިސްޓްރީއާއި ގުޅިގެން އެތައް މަސައްކަތް ތަކެއް ކުރައްވާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.