ތިލަފުށިން ކެމިކަލް ގުދަން ހަދަން ބިން ދެނީ

ތިލަފުށިން ދޭ ބިންތަކުގެ ބޮޑު މިނުގައި 827 އަކަފޫޓެވެ. ދޫކުރަނީ އަކަފޫޓެއް 20ރ. އަށެވެ.

ތިލަފުށީގައި އަލަށް ހިއްކި ބިން

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބަލަހައްޓާ ތިލަފުށީގައި ކެމިކަލް ރައްކާ ކުރާނެ ގުދަން ހަދާނެ ބިން ކުއްޔަށް ދޭން ހުޅުވާލައިފި އެވެ. 

ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ހުޅުމާލެ އާއި ތިލަފުށި އަދި ގުޅީފަޅު ބަލަހައްޓާ އެޗްޑީސީއިން ބުނީ ކެމިކަލް ރައްކާކުރާނެ ގުދަން ކުއްޔަށް ދޫކުރަން ހުޅުވާލި ފުރުސަތުގެ މައުލޫމާތު ދިނުން އޮންނާނީ މި މަހުގެ 19 ވަނަ ދުވަހު އެވެ. އަދި ބިޑް ހުށަަހަޅަން ޖެހެނީ މިމަހުގެ 27 ވަނަ ދުވަހުގެ މެންދުރު 1:00 އާއި 2:00 އާ ދެމެދުގަ އެވެ. 

މި ކަމަށް ޝައުގުވެރިވާ ބިޑް ހުށަހަޅާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 5،000 ދައްކަން ޖެހެ އެވެ. މި ގުދަންތައް ކުއްޔަށް ދެނީ އަކަފޫޓެއް 20ރ. ގެ ރޭޓުންނެވެ. މި ބިންތަކުގެ ބޮޑުމިނަކީ 827 އަކަފޫޓެވެ. 

އެޗްޑީސީ އިން ވަނީ ދެވަނަ ފިޔަވަހީގެ ދަށުން އޭރިއާ އޭ، ބީ، އީ އަދި އެފް ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލާފަ އެވެ. މި ސަރަހައްދުން 120 ހެކްޓަރުގެ ބިން ހިއްކާފައިވެ އެވެ. އެޗްޑީސީއިން ވަނީ ހަމައެކަނި ދިވެހިންނަށް ގަނެވޭ ގޮތަށް ތިލަފުށިން 108 ބިން ވިއްކަން ހުޅުވާލާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.