ހުރިހާ ހަރަދަކާއެކު ޖަޕާނުން ރާއްޖެއަށް ސްކޮލަޝިޕް ދެނީ

މިނިސްޓްރީން ބުނީ ސްކޮލަޝިޕަށް ކެނޑިޑޭޓުން ހޮވުމުގެ ގޮތުން އެޕްލިކޭޝަން ރިވިއުކޮށް ޓެސްޓް އަދި އިންޓަވިއު މަރުހަލާއަށް ކެނޑިޑޭޓުން ޝޯޓްލިސްޓު ކުރުމުގެ މަސައްކަތް ކުރާނީ ރާއްޖޭގައި ހުންނަ ޖަޕާނު އެމްބަސީން ކަމަށެވެ.

ދަސްވެނިވުމުގެ ފޮޓޯއެއް: ހުރިހާ ހަރަދަކާއެކު ޖަޕާނު ސަރުކާރުން ރާއްޖެއަށް ސްކޮލަޝިޕްގެ ފުރުސަތުތަކެއް ވަނީ ހުޅުވާލާފައި

ހުރިހާ ހަރަދެއް ހިމެނޭހެން ޖަޕާނު ސަރުކާރުން ރާއްޖެއަށް ތިން ދާއިރާ އަކުން ސްކޮލަޝިޕް ދޭން ނިންމައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، "ޖަޕަނީޒް ގަވަމެންޓް ސްކޮލަޝިޕް 2025" ގެ ދަށުން ތިން ދާއިރާއަކުން ރާއްޖޭގެ ދަރިވަރުންނަށް ޖަޕާނުގެ ޔުނިވާސިޓީތަކުގައި ކިޔެވުމަށް ސްކޮލަޝިޕްގެ ފުރުސަތު ލިބިފައިވާކަން ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީން އަންގާފައިވާ ކަމަށެވެ.

ސްކޮލަޝިޕް ހުޅުވާލާފައިވާ ދާއިރާތަކާއި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ؛

  • ރިސާޗް ސްޓޫޑެންޓްސް - ސުންގަޑި އަކީ މި މަހުގެ 27 ވަނަ ދުވަސް
  • ސްޕެޝަލައިޒް ޓްރެއިނިންގް ކޮލެޖް ސްޓޫޑެންޓްސް - ސުންގަޑި އަކީ އަންނަ މަހުގެ ތިންވަނަ ދުވަސް
  • ކޮލެޖް އޮފް ޓެކްނޮލަޖީ ސްޓޫޑެންޓްސް - ސުންގަޑި އަކީ އަންނަ މަހުގެ ތިންވަނަ ދުވަސް

މިނިސްޓްރީން ބުނީ ސްކޮލަޝިޕަށް ކެނޑިޑޭޓުން ހޮވުމުގެ ގޮތުން އެޕްލިކޭޝަން ރިވިއުކޮށް ޓެސްޓް އަދި އިންޓަވިއު މަރުހަލާއަށް ކެނޑިޑޭޓުން ޝޯޓްލިސްޓު ކުރުމުގެ މަސައްކަތް ކުރާނީ ރާއްޖޭގައި ހުންނަ ޖަޕާނު އެމްބަސީން ކަމަށެވެ. މި ޓެސްޓާއި އިންޓަވިއު ވެސް އޮންނާނީ އެ އެމްބަސީގަ އެވެ.

ބޭރުގެ އެހެން ގައުމުތަކުން ވެސް ރާއްޖެއަށް ވަނީ މިއަހަރު ވެސް ސްކޮޕަޝިޕްތައް ދީފަ އެވެ. އެގޮތުން ޗައިނާ ސަރުކާރުން ވެސް ވަނީ 200 ސްކޮލަޝިޕް ދީފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.