ގްރީން ޓެކްސް ޖަމާކުރާ އެކައުންޓްގައި 1.3 ބިލިއަން ރުފިޔާ

ގްރީން ޓެކްސް ފަންޑުގެ މައުލޫމާތު ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް މި ފަންޑުން 202 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

ކްރޫޒްލައިނާއަކުން ޓޫރިސްޓުން ފައިބަނީ : ގްރީން ޓެކްސް ނަގަނީ ޓޫރިސްޓެއްގެ ބޮލަކަށް އަގު ކަނޑައަޅައިގެން -- ޔާމީން މުޙައްމަދު | މިރާ

ގްރީން ޓެކުހުގެ ފައިސާ ޖަމާ ކުރާ "ގްރީން ފަންޑު" ގައި މިއަހަރުގެ މިހާތަނަށް 1.3 ބިލިއަން ރުފިޔާ ޖަމާވެފައި ހުރި ކަމަށް ދައްކައިފި އެވެ.

ގްރީން ފަންޑުގެ ރިޕޯޓް ދައްކާ ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ގްރީން ފަންޑުގައި 1.1 ބިލިއަން ރުފިޔާ ހުއްޓެވެ. އަދި މި އަހަރުގެ މިހާތަނަށް މި އަދަދު ވަނީ 1.3 ބިލިއަން ރުފިޔާއަށް އިތުރު ވެފަ އެވެ. 

މި އަހަރު ގްރީން ފަންޑު

  •  މިހާތަނަށް ޖުމްލަ ޖަމާވި - 202 މިލިއަން
  •  ޖުމްލަ ހަރަދުކުރި - 94 މިލިއަން
  •  ފަންޑުގައި ހުރި - 1.3 ބިލިއަން

މިދިޔަ ފެބްރުއަރީ މަހު ގްރީން ފަންޑަށް 102 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. 

ފެބްރުއަރީ މަހު ގްރީން ފަންޑުގެ ޖަމާ

  •  ރިސޯޓްތަކުން - 93 މިލިއަން
  •  ގެސްޓްހައުސްތަކުން - 5.7 މިލިއަން
  •  ހޮޓާތަކުން - 1.2 މިލިއަން
  •  ސަފާރީތަކުން - ދެ މިލިއަން
  •  ހޯމް ސްޓޭއިން - 20,285.0 ރުފިޔާ
ގްރީން ޓެކްސް - ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަ ކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.