އައިވީއެފްގެ ފަރުވާއަށް އެދެން އިތުރު ވަގުތު ދީފި

ފޯމު ހުށަހަޅާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުން ނެގުމަށްފަހު، މިއަހަރު އައިވީއެފްގެ ހިދުމަތް ދޭން ނިންމާފައި ވަނީ އެންމެ މަތިން ޕޮއިންޓް ލިބޭ 100 ދެމަފިރިންނަށް ކަމަށް އެންސްޕާ އިން ކުރިން ބުނެފައިވެ އެވެ.

ރާއްޖޭގައި ހުރި އެންމެ ބޮޑު އެއް ހޮސްޕިޓަލް ކަމަށްވާ ދަރުމަވަންތަ ހޮސްޕިޓަލް --

ދަރިމައިވުމާ ގުޅޭ ދެ ފަރުވާ ކަމަށްވާ އައިޔޫއައި އަދި އައީވީއެފްގެ ހިދުމަތް އާސަންދަ ސްކީމްގެ ދަށުން ހޯދަން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހަޅަން ދިން ފުރުސަތު އިތުރު ކޮށްފި އެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިކަމަށް އެދި ހުޅުވާލީ މިދިޔަ މާޗް މަހުގެ 15 ވަނަ ދުވަހު އެވެ. މިއަދަށް މުއްދަތު ހަމަވި ނަމަވެސް އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ 2:00 އާ ހަމައަށް ފުރުސަތު އިތުރު ކޮށްފައިވާ ކަމަށް އެންސްޕާ އިން ވަނީ ބުނެފަ އެވެ.

އެންސްޕާއިން ބުނީ ކުރިން ފޯމާއި ލިޔެކިޔުން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް އައިވީއެފް ހެދުމުގެ އެހީ ހަމަޖައްސައިދޭނެ ކަމަށެވެ.

ފޯމު ހުށަހަޅާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުން ނެގުމަށްފަހު، މިއަހަރު އައިވީއެފްގެ ހިދުމަތް ދޭން ނިންމާފައި ވަނީ އެންމެ މަތިން ޕޮއިންޓް ލިބޭ 100 ދެމަފިރިންނަށް ކަމަށް އެންސްޕާ އިން ކުރިން ބުނެފައިވެ އެވެ.

އަދި އައިޔޫއައިގެ ފަރުވާ ފޯރުކޮށްދޭނީ އާސަންދަ ސްކީމް މެދުވެރިކޮށް އެ ހިދުމަތް ދިނުމަށް އެމްޕެނަލްކުރެވޭ ރާއްޖޭގެ ސިއްހީ ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތައް މެދުވެރިކޮށް، މިކަމަށް ސްކީމުން ކަނޑައަޅާފައިވާ މިންވަރަށް، ޖުމްލަ ތިން ފަހަރަށް ކަމަށް ވެސް އެންސްޕާއިން ބުންޏެވެ.

މިއަހަރު އެހީ ހަމަނުޖެހޭ މީހުން އަންނަ އަހަރު ހުޅުވާލުމުން އެހީއަށް އެދުމުގެ ފުރުސަތު އަލުން އޮންނާނެ އެވެ.

އާސަންދައިގެ ދަށުން އައިވީއެފްގެ ހިދުމަތް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުފުޅެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.