މި އަހަރު އުދުހުންތައް ފަށަން މޯލްޑިވިއަނުން ބޮޑު ބޯޓެއް ގެންނަނީ

މޯލްޑިވިއަންގައި ޖުމްލަ 25 ބޯޓެއް އެބައޮތެވެ. މީގެތެރޭގައި އޭޓީއާރު މަރުކާގެ ދެ ބޯޓުވެސް ހިމެނެ އެވެ.

މޯލްޑިވިއަންއިން އެންމެފަހުން ގެނައި އޭޓީއާރު ބޯޓު ޖައްސަން އަންނަނީ -- މޯލްޑިވިއަން

މި އަހަރު ޓޫރިޒަމް ސެޕްޓެމްބަރު އުދުހުންތައް ފަށަން ގައުމީ އެއާލައިނުން ބޮޑު ބޯޓެއް ކުއްޔަށް ފޯރުކޮށްދޭނެ ބަޔަކު ހޯދަން ފަށައިފި އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަންއިން ބުނީ އެ ކުންފުނީގެ ފްލީޓަށް ތިން އަހަރު ދުވަހުގެ ނިޔަލަށް އުދުހުންތަކުގައި ބޭނުން ކުރަން އެއާބަސް A319ceo ނުވަތަ A320ceo މަރުކާގެ ބޯޓެއް ކުއްޔަށް ނަގަން ބޭނުންވެ އެވެ. މި ބޯޓު ރާއްޖެ ގެނެސް މި އަހަރުގެ ޓޫރިޒަމް އޮފް ސީޒަން ފެށެންވާއިރަށް ސެޕްޓެމްބަރު މަހު އުދުހުންތަކުގައި ބޭނުން ކުރާނެ ކަމަށް ގައުމީ އެއާލައިނުން ބުނެފައިވެ އެވެ. 

މި ބޯޓު ފޯރުކޮށްދޭން އެދޭ ފަރާތްތަކުން މިމަހުގެ 26 ވަނަ ދުވަހު މައުލޫމާތު ސާފު ކުރުމަށްފަހު މިމަހުގެ 29 ވަނަ ދުވަހު ބިޑް ހުށަހަޅަން ޖެހެ އެވެ. ބިޑް ހުޅުވުން އޮންނާނީ ޖޫން މަހުގެ 16 ވަނަ ދުވަހު އެވެ. 

އަލަށް ގެންނަ ބޯޓުގެ މައުލޫމާތު

  •  ބޯޓު ގެންނަނީ ތިން އަހަރު ދުވަހަށް
  •  ސެޕްޓެމްބަރު މަހު އުދުހުން ފަށާނެ
  •  މި ބޯޓުގައި 110 - 156 ގޮނޑި ހުންނާނެ

މޯލްޑިވިއަން އިން ދަނީ ރާއްޖޭގެ ބޮޑު ބޯޓެއް ގެނެސް ޗައިނާއަށް އުދުހުންތައް ފަށަން ތައްޔާރު ވަމުންނެވެ. އެ ކުންފުނިން ވަނީ ޗައިނާގެ ފަސް ސިޓީއަކާއި ޔޫރަޕުގެ ބައެއް މަންޒިލްތަކަށް އުދުހުން ފަށާނެ ކަމަށް ބުނެފަ އެވެ. 

ގައުމީ އެއާލައިން އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެއްގެ ގޮތުގައި އުފެދިފައިވަނީ 2000 ވަނަ އަހަރު އެވެ. ދެ ބޯޓާއެކު ފެށި މި ކުންފުނީގައި މިހާރު ޖުމްލަ 25 ބޯޓު އެބައޮތެވެ. މީގެތެރޭގައި ދެ އޭޓީއާރާއި ޑޭޝް އަށެއް މަރުކާގެ ބޯޓު ފަހަރުވެސް ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.