އެމްޑީޕީގެ މެމްބަރުން ދަތި އުނދަގުލުގައި ގިނަ މަސައްކަތް ކުރި: ފައްޔާޒު

މަޖިލިސް 20 ގައި އިންތިހާބުވެ ވަޑައިގެންނެވި 93 މެންބަރުން ހުވާކުރައްވާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. އެ މަޖިލީހުގައި ސުޕަމެޖޯރިޓީ އޮތީ ކޮންގްރެސް ޕާޓީއަށެވެ. އެ ޕާޓީގެ މެންބަރުންގެ އަދަދަކީ 73 އެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް

އުމުރު ހަމަވެގެން ދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ އޮތް އެމްޑީޕީގެ މެމްބަރުން ދަތި އުނދަގުލުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

މިދިއަ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން ގިނަ މަސައްކަތްތަކެއް އެ ފަސް އަހަރު ތެރޭ ދައްޗާއި އުނދަގުލުގައި ވެސް މަޖިލީހުން ފުރިހަމަ ކުރި ކަމަށެވެ. އަދި އެ މަސައްކަތްތަކަކީ ގައުމާއި ރައްޔިތުންނަށް މުސްތަގުބަލުގައި ގިނަ ފައިދާތަކެއް ކުރާނެ މުހިންމު ކަންކަން ކަމަށެވެ.

ފައްޔާޒު ވިދާޅުވީ މަޖިލިސް 20 ގައި ވެސް އެމްޑީޕީގެ މެމްބަރުން ވަކާލާތު ކުރާނީ ގައުމާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރަން ކަމަށެވެ. 

ނަވާރަވަނަ މަޖިލީހުގެ ފަހު ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އިއްުޔެ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލިސް އުފެދުނުތާ 92 އަހަރުގެ ތެރޭގައި އެންމެ ގިނަ މަސައްކަތް ކުރީ 19 ވަނަ މަޖިލީހުގަ އެވެ. އެގޮތުން 530 ޖަލްސާ ބާއްވާ 178 ބިލާއި، 73 ގަރާރާއި، ސަރުކާރުން ހުށަހެޅި 152 މައްސަލަ އާއި ރިޔާސަތުން ހުށަހެޅި 104 މައްސަލަ އާއި 108 ކުއްލި މައްސަލައިގެ އިތުރުން މެމްބަރުން ހުށަހެޅި 48 މައްސަލަ އާއި އެކި މައްސަލަތަކާ ގުޅޭ 153 ރިޕޯޓުގެ މަސައްކަތް އެއްކޮށް ނިމިފައިވެ އެވެ.

މަޖިލިސް 20 ގައި އިންތިހާބުވެ ވަޑައިގެންނެވި 93 މެންބަރުން ހުވާ ކުރައްވާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. އެ މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮތީ ކޮންގްރެސް ޕާޓީއަށެވެ. އެ ޕާޓީގެ މެންބަރުންގެ އަދަދަކީ 73 އެވެ. ސަރުކާރަށް ތާއީދު ކުރާ މެންބަރުންގެ އަދަދު 77 އަށް ދެއެވެ. އެމްޑީޕީއަށް 12 ގޮނޑި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.