އެލައިޑުން މިހާރު ފެށި ޕްރޮމޯޝަންގައި ތަކާފުލްއަށް ހާއްސަ މި ޕްރޮމޯޝަންގެ ތެރެއިން ޕްލޭން ނަގާ އެންމެ ފުރަތަމަ 50 ކަސްޓަމަރުންގެ ފުރަތަމަ މަހުގެ ޕޭމަންޓުން 50 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ.
ކުޑަ ކުދިންނަށް ހާއްސަކޮށްގެން އެލައިޑުން ފޭސްބުކްގައި ކުރިއަށް ގެންދިޔަ މަދަހަ މުބާރާތުގެ އެއްވަނަ ހޯދި ހަދީޖާ އަޒްކާ ބިންތް އާދަމްއަށް މުބާރާތުގެ އިނާމުގެ ގޮތުގައި ކަނޑައަޅާފައިވާ ޓެންތް ޖެނެރޭޝަން އައިޕެޑް ހަވާލުކޮށްފި އެވެ.
މި އިިނާމު ލިބިފައިވާ އަޒްކާގެ ފަރާތުން އިނާމާއި ހަވާލުވެދެއްވީ އަޒްކާގެ ބައްޕަ އާދަމް ނަސީމް އެވެ. އިނާމު ހަވާލުކޮށްދިނީ އެ
އެލައިޑްގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝާބިގު އެވެ.
މި އަހަރުގެ 25 ފެބްރުއަރީ މިދިޔަ މަހުގެ ނުވަނަ ދުވަހުގެ ނިޔަލަށް މި މުބާރާތުގައި ގިނަ އަދަދެއްގެ ކުދިންގެ ބައިވެރިވުން ލިބުމާއިއެކު އެކަން ފާހަގަކޮށް އެލައިޑުން ވަނީ އާންމުންގެ ފަރާތުން ލިބުނު ތަރުހީބަށް ޝުކުރު އަދާކޮށްފަ އެވެ.
މީގެ އިތުރުން ވެސް އެލައިޑުން ވަނީ އާ ޕްރޮމޯޝަނެއް ލޯންޗުކޮށްފަ އެވެ.
އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ އަޔާދީއިން ފޯރުކޮށްދޭ ޗައިލްޑް އެޑިއުކޭޝަން ތަކާފުލްއަށް ހާއްސަ މި ޕްރޮމޯޝަންގެ ތެރެއިން ޕްލޭން ނަގާ އެންމެ ފުރަތަމަ 50 ކަސްޓަމަރުންގެ ފުރަތަމަ މަހުގެ ޕޭމަންޓުން 50 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ.
ޗައިލްޑް އެޑިއުކޭޝަން ތަކާފުލް ޕްލޭނަކީ ދަރިންގެ މަތީ ތައުލީމަށް ބޭނުންވާ ފަންޑް ގާއިމުކުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއްކަމުގައި އަޔާދީއިން ފާހަގަ ކުރެއެވެ. އެގޮތުން މިމަހުގެ 10 އަކުން އަންނަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަން އާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް އެލައިޑްގެ ހިލޭ ގުޅޭ ހޮޓްލައިން 1600 އިން ލިބޭނެ އެވެ.