ޒުވާނުންގެ ވަޒީރުގެ ފަރާތުން ޝުކުރިއްޔާާ އަންމާ!

ނޫސްވެރިކަމުގައި ވަރަށް ވިދާލި، އަސްވާޑަކީ އެ މަސައްކަތުގެ ތެރެއިން "މަރު"ގެ އެތިފަހަރަކާ ކުރިމަތިލާން ޖެހުނު ނޫސްވެރިއެކެވެ.

މިނިސްޓަރު އާންމު ކުރެއްވި ވީޑިއޯގެ ސްކްރީންޝޮޓެއް

އިއްޔެ ޝޯޝަލް މީޑިއާގައި އެންމެ ވައިރަލްވީ މަންމައިންގެ ފޮޓޯތަކެވެ. އެއީ އިއްޔެއަކީ މަންމައިންގެ ދުވަސް ކަމުގައި ވާތީ އެވެ. މަންމައަށް ހެޔޮ ދުއާކޮށް ހެޔޮ އެދުމާއި ތައުރީފުގެ ބަސްތައް ހިމަނާ އެތައް ބަޔަކު ސޯޝަލް މީޑިއާ ގައި އެކި ޕޯސްޓްތައް ކޮށްފައިވެ އެވެ. އެ މީހުންގެ ދިރިއުޅުމުގައި ދިމާވި ތަފާތު އެކި ކަންކަންކަމާއި އެކަންކަމުގައި މަންމަގެ ފަރާތުން ލިބުނު އެހީތެރިކަމެވެ. އެ މީހުންގެ މިއަދު ހޯދާ ދިނުމަށް މައިން ވެފައިވާ މަތިވެރި ގުރުބާނީގެ ވާހަކަތަކެވެ.

މި ހުރިހާ ޕޯސްޓްތަކުގެ ތެރެއިން ވަރަށް ބޮޑަށް ވައިރަލްވި ޕޯސްޓެކެވެ. ސަރުކާރުގެ ޒުވާނުން ބެހޭ ވަޒީރު، އިބްރާހިމް ވަހީދު (އަސްވާޑް)، އޭނާގެ މަންމަގެ ހަނދާން އާ ކުރައްވާ ކުރެއްވި ޕޯސްޓެވެ. މަންމަގެ ހަނދާން އާ ކުރައްވާ ވަޒީރު ހިއްސާ ކުރެއްވީ ވީޑިއޯކޮޅެވެ. އެއީ ކުރު ވީޑިއޯކޮޅެއް ނަމަވެސް އެތައް ބަޔަކަށް އަސަރު ކުރުވި ވީޑިއޯކޮޅެވެ. އެހެން ގޮތަކަށް ބުނާނަމަ ވަރަށް ވެސް ލޯބި މަންޒަރެއް ފެނިގެންދިޔަ ވީޑިއޯކޮޅެކެވެ.

ވީޑިއޯ ގައި ފެންނަނީ ސަންގު ޓީވީން ބެހެއްޓި ޖާޑިއަކަށް ވަޒީރުގެ މަންމަ، ގއ. ދެއްވަދޫއަށް ނިސްބަތްވާ ފާތިމަތު އިބްރާހިމް ދީދީ، ފައިސާ ލައްވާ މަންޒަރެވެ. އެ ޖާޑި ބެހެއްޓުނީ ސަންގުޓީވީ 2018 ވަނަ އަހަރު ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމުންނެވެ. އޭރު އެ ސްޓޭޝަންގެ މެނޭޖިން ޑިރެކްޓަރަކީ ވަޒީރެވެ. ޖޫރިމަނާ އައީ އެ ސްޓޭޝަނަށް އާމްދަނީ ލިބޭނެ ވަރަށް ގިނަ ދޮރުތައް ބަންދުގެ ވިޔަފާރިއަށް ވަރަށް ދަތިވި ވަގުތެއްގަ އެވެ. އެހެން ކަމުން އެ ފައިސާ ދެއްކެން ނެތިގެން އާންމުންގެ އެހީތެރިކަމަށް އެދެން ޖެހި ޖާޑި ބެހެއްޓީ އެވެ. ހެޔޮ އެދޭ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާ އެކު ޖޫރިމަނާ ކުރި އަދަދަށް އެ ޖާޑިން ފައިސާ އެއްކުރެވުނެވެ.

ވަޒީރު ވިދާޅުވި ގޮތުގައި އެ ހުރިހާ ފައިސާއެއްގެ ތެރެެއިން އެންމެ ހާއްސަވީ ވީޑިއޯގައި ފެނިގެންދާ އެހީ އެވެ. ވީޑިއޯ ގައި ފެނިގެން ދަނީ މެންދުރުގެ ވަގުތެވެ. ސަންގު ޓީވީ ހިންގި އިމާރާތުގެ ކައިރީގައި ވެސް މީހަކު ނެތް ވަރަށް ހަމަހިމޭން ވަގުތެކެވެ. އާންމުކޮށް ގެއިން ބޭރަށް ވެސް ނިކުމެ ނޫޅުއްވާ ފާތިމަތު އިބްރާހިމް ދީދީ އެ ދުވަހު ގެއިން ނިކުތީ ސަންގުން ހުޅުވި ޖާޑިއަށް ފައިސާގެ އެހީއެއް ދިނުމަށެވެ.

ޒުވާނުންގެ ވަޒީރުގެ ވަލީމާގައި މަންމައާ އާއިލާ

މަޑުމަޑުން ހިނގާފައި ގޮސް ފައިސާގެ އެހީ ޖާޑިއަށް ލުމަށް ފަހު ދެ އެވެ. ވަޒީރު ވިދާޅުވި ގޮތުގައި ޖާޑިއަށް މަންމަ ލެއްވީ ކިހާ އަދަދެއްގެ ފައިސާއެެއް ކަމެއް އެނގިވަޑައެއް ނުގަންނަވަ އެވެ. މަންމަ ކުރެން ނުވެސް އައްސަވާ ކަމަށް ވިދާޅުވި އެވެ. އަދި އެތަނަށް ވަޑައިގެންނެވީ ކުރީން އެންގެވުމަކާ ވެސް ނުލަ އެވެ. ފައިސާ ހަދިޔާ ކުރެއްވި ވާހަކަ ވިދާޅެއް ވެސް ނުވެ އެވެ. ސަންގު ހިންގާ އިމާރާތުގެ ބޭރުގައި ހުރި ސީސީޓީވީ ކެމެރާ އަކުން މަންޒަރު ރެކޯޑް ކުރެވިފައި ވަނީ އެވެ.

"މަންމަ އަކު ދަރިއަކަށް، ދަރީގެ ވިޔަަފާރިއަށް ދިމާވި ދައްޗަކަށް، މިނިވަން ނޫސްވެރި ކަމަށް ދިން ހިތުގެ ސާފު، ސާދާ، އަގު ނުކުރެވޭނެ އަގު ބޮޑު އެހީއެކެވެ،" މަންމައިންގެ ދުވަހަށް ހާއްސަކޮށް ކުރެއްވި ޕޯސްޓްގައި މަންމަގެ އެ އެހީތެރިކަން ފާހަގަ ކުރައްވާ ވަޒީރު ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވި ގޮތުގައި އޭނާއަށް ލިބުނު ކޮންމެ ކުރިއެރުމެއްގެ ހަގީގީ ހައްގުވެރިއަކީ މަންމަ އެވެ.

"ޝުކުރިއްޔާާ 'އަންމާ'. މަންމަ ނެތުމުގެ ފަޅުކަން އަބަދާ އަބަދު އިހްސާސް ކުރަމެވެ. މަންމައަށް ސުވަރުގެ މިންވަރުކުރައްވާށި. އާމީން،" ޖޫން 7، 2023 ގައި އަވަހާރަވި މަންމަގެ ހަނދާން އައު ކުރައްވާ އަސްވާޑު ލިޔުއްވާފައިވެ އެވެ.

ވަޒީރު އަސްވާޑު މަންމައާއެކު

މި ވީޑިއޯ ބަލާ ޕޯސްޓަށް ކޮމެންޓް ކުރި އެތައް ބަޔަކު ވަނީ އެ ވީޑިއޯ އިން އެ މީހުންގެ ހިތަށް ފުން ޝުއޫރުތަކެއް ވެރިކުރުވި ކަމަށް ބުނެފައެވެ. ދަރިއަކާ މެދު މަންމަގެ ހިތުގައި އޮތް ސާފު، ރީތި ލޯބި ފެނިގެން ދިޔަ ވީޑިއޯއެއް ކަމަށް ބުންޏެވެ. އެ ވީޑިއޯކޮޅު ވަރަށް ބޮޑަށް ވައިރަލްވެ އެތައް ހާސް ބަޔަކު ވަނީ ބަލާފައެވެ.

ވަޒީރު އަސްވާޑަކީ މަންމަގެ ދުނިޔޭގައި ވަރަށް ބޮޑު ގާތްކަމެއް އެ މަންމާ ބެހެއްޓެވި ބޭފުޅެކެވެ. ވަޒީރުގެ ކޮންމެ އިންޓަވިއުއެއް ގައި މަންމަގެ ހިދުމަތުގެ ވާހަކަ ތަކުރާރުކޮށް ފަށްފަށްކޮށް އެތައް ފަހަރަކު ވިދާޅުވެ ދެއްވަ އެވެ. 

ނޫސްވެރިކަމުގައި ވަރަށް ވިދާލި، އަސްވާޑަކީ އެ މަސައްކަތުގެ ތެރެއިން "މަރު"ގެ އެތިފަހަރަކާ ކުރިމަތިލާން ޖެހުނު ނޫސްވެރިއެކެވެ. އޭގެ ފަހުން މަންމަގެ ހިތުގައި އަސްވާޑަށް އޮތް ލޯބި އިހުނަށް ވުރެ އިތުުރުވި އެވެ. އަސްވާޑު އުޅޭ ނޫޅޭ ގޮތް ބެލުން އިތުރުކުރި އެވެ. 

އަސްވާޑު ވިދާޅުވި ގޮތުގައި ޓީވީ ސްޓޭޝަން ހިންގެވުމުގެ ވަރަށް ގިނަ ކަންކަމުގައި މަންމަގެ ފަރާތުން ވަރަށް އަގުހުރި / މުހިންމު އިރުޝާދާއި ނަސޭހަތް ލިބިވަޑައިގަތެވެ. މަންމަ އަވަހާރަވުމުން ސަންގުގެ ޓްރާސްމިޝަނަށް 48 ގަޑިއެއްހާ އިރަށް މެދުކަނޑާލަން ޖެހުނީ ވެސް ޓީވީ ސްޓޭޝަނާއި މަންމައާ އޮތް ވަރުގަދަ ގުޅުމުގެ ސަބަބުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.