ކުޑަކުދީންގެ ދުވަސް؛ ހިންމަފުށީގެ ތިން މިސްކިތުގައި ފަސް ވަގުތު ބަންގިގޮވާ އިމާމުވެ ނަމާދުކުރީ މި ދަރިވަރުން

"މި ދަރިވަރުން ރޭ ފަތިސް ނަމާދުން ފެށިގެން މިރޭ އިޝާ ނަމާދުގެ ނިޔަލަށް ހުރިހާ ވަގުތެއް ގައި ބަންގި ގޮވާ އިމާމުވެ ނަމާދު ކުރީ،"

ހިންމަފުށީ މިސްކިތްތަކުގައި ބަންގި ގޮވާ އިމާމުވެ ނަމާދުކުރި ދަރިވަރުން

މިއަދަކީ ރާއްޖޭގެ ކުޑަކުދީންގެ ދުވަހެވެ. ކުޑަކުދީންގެ ދުވަސް ފާހަގަ ކުރަން ގިނަ ހަރަކާތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަަނީ ފާހަގަ ކުރަމުންނެވެ. މިއަދާ ގުޅުވާ ބައެއް މީޑިއާތަކުގައި ޕްރަގްރާމްތައް ހުށައަޅަނީ ކުޑަކުދީންނެވެ. ވަރަށް ގިނަ ރަށްރަށުގައި ކުޑަކުދީންގެ ހަވީރާއި ކުޑަކުދީންނާއި ގުޅޭ ތަފާތު އިވެންޓްތައް ބާއްވާފައިވެ އެވެ.

ކުޑަކުދީންގެ ދުވަސް ފާހަގަ ކުރުމަށް މި އަހަރު އެންމެ ފާހަގަކޮށްލެވޭ ހަރަކާތެއް ކުރިއަށް ގެންގޮސްފައި ވަނީ ކ. އަތޮޅު ހިންމަފުށީ ގައެވެ. އެ ރަށު ކައުންސިލުން ވަނީ ކުޑަކުދީންގެ ދުވަހާއި ގުޅިގެން ރަށުގެ ހުރިހާ މިސްކިތްތަކެއް ގައި ބަންގި ގޮވުމާއި އިމާމުވެ ނަމާދު ކުރުން ސުކޫލު ދަރިވަރުން ލައްވާ ކުރިއަށް ގެންގޮސްފައެވެ.

ހިންމަފުށީ ކައުންސިލްގެ ރައީސް ހުސައިން ފާއިޒު "ދަ މިރާ" އަށް ވިދާޅުވި ގޮތުގައި ރޭ ފަތިސް ނަމާދުން ފެށިގެން މިރޭ އިޝާ ނަމާދުގެ ނިޔަލަށް ރަށުގެ ތިންް މިސްކިތު ގައި ވެސް ބަންގި ގޮވާ ނަމާދުކޮށް ހެދީ ސުކޫލު ދަރިވަރުންނެވެ. އެއީ؛

  •  އަލްސަން އިސްމާއީލް ހަމީދު
  •  ހޫދު ހުސައިން ފާއިޒު
  •  އަހްމަދު އިޒާން
  •  މުހައްމަދު ޔޫއާން
  •  ތަމްކީން ހުސައިން
  •  އަހްމަދު މިއުވާން
  •  މުހައްމަދު އާޔަން
  •  އިބްރާހިމް މާއިޝް

"މި ދަރިވަރުން ރޭ ފަތިސް ނަމާދުން ފެށިގެން މިރޭ އިޝާ ނަމާދުގެ ނިޔަލަށް ހުރިހާ ވަގުތެއް ގައި ބަންގި ގޮވާ އިމާމުވެ ނަމާދު ކުރީ،" ފާއިޒު ވިދާޅުވި އެވެ.

މިއަދުގެ ހުކުރު ހުކުރު ނަމާދު އިމާމުވެ ކުރީ ޒުވާން ހަތީބުންގެ ތެރެއިން ތަމްރީންވި ތިން ކުއްޖެކެވެ. އެއީ ވެސް ހިންމަފުއްޓަށް ނިސްބަތްވާ ކުދީންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.