ފުލުހުން ބުނީ އޭނާ ދޫކޮށްލި ނަމަވެސް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ފުލުހުން ބުނީ މި މަހުގެ ނުވަވަނަ ދުވަހު ވާދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަން ގައި 23 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އޭނާ ހައްޔަރުކޮށް ދިރިއުޅޭ ގެ ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ވެސް ބުންޏެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތް ނިންމަން ވާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކެއް ކުރުމަށް ފަހު ވަނީ ދޫކޮށްލާފަ އެވެ.
ފުލުހުން ބުނީ އޭނާ ދޫކޮށްލި ނަމަވެސް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.