މިނިސްޓަރު ފަައިސަލްގެ ރައްދު؛ ތިހެން އަދި ފަހަތަކަށް ނުޖެއްސޭނެ

މިނިސްޓަރު ފައިސަލް ވަނީ ކުރީގެ ނާއިބު ރައީސް މުހައްމަދު ޖަމީލްއާ މަލީހަށް ވެސް އޮތީ މިއަދުގެ ސިޔާސީ ހަގީގަތް ގަބޫލު ކުރުން ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު އިބްރާހިމް ފައިސަލް (ކ) ކުރީގެ މިނިސްޓަރު މަލީހް ޖަމާލް (ވ)

މޮޅެތި މީހުންނަކީ އަނެކާއަށް އިހްތިރާމު ކުރަން ދަންނަ މީހުން ކަމަށް ވިދާޅުވެ ކުރީގެ ސައިންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ގައި މިނިސްޓަރު ފައިސަލް އިނގިރޭސިބަހުން ދެއްވި އިންޓަވިއުއަށް ބޮޑު ފާޑުކިޔުމެއް ވަނީ އަމާޒުވެފައެވެ. މަލީހް ވެސް ވަނީ ފައިސަލްއާ އޭނާގެ ބައްޕަ، އަބްދުއްރަހީމަށް ނިސްބަތް ކުރައްވާ މަލާމާތުގެ ޕޯސްޓެއް އެކްސް ގައި ކުރައްވާފައެވެ.

އެ ޕޯސްޓަށް ރައްދު ދެއްވާ މިނިސްޓަރު ފައިސަލް ވަނީ އޭނާ އަކީ އެންމެ މޮޅު މީހާ ކަމަށް ނުބުނާ ކަމަށާ މޮޅެތި މީހުންނަކީ އަނެކާއަށް އިހްތިރާމު ކުރަން ދަންނަ މީހުން ކަމަށް ވިދާޅުވެ މަލީހަށް ރައްދު ދެއްވާފައެވެ.

"ހުރިހާ ސަރުކާރެއްގެ މިނިސްޓަރު ކަމުގައި ވަކި މޮޅު ކަމެއް ކުރެވުނުތޯ،" މަލީހަށް އަމާޒު ކުރައްވާ ފައިސަލް ވިދާޅުވި އެެވެ.

މިނިސްޓަރު ފައިސަލް ވަނީ ކުރީގެ ނާއިބު ރައީސް މުހައްމަދު ޖަމީލްއާ މަލީހަށް ވެސް އޮތީ މިއަދުގެ ސިޔާސީ ހަގީގަތް ގަބޫލު ކުރުން ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ އެފަދަ ބަސްތަކާއި މަލާމާތާއި ފުރައްސާރައިން ފަހަތަށް ނުޖެއްސޭނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.