ނޭނގޭ ހިސާބެއް: ޓޫރިޒަމް އިމްޕޯޓް ކޮވިޑުގެ ކުރިއާ ގާތަށްވެސް ނާދެ

ޓޫރިޒަމަށް ފަސް އަހަރުތެރޭ 14،000 އެނދު އިތުރުވިޔަސް އިމްޕޯޓް ހުރީ 2019 ވަނަ އަހަރާއި މިދިޔަ އަހަރާ އަޅާ ކިޔާނަމަ 200 މިލިއަން ޑޮލަރު ދަށުގަ އެވެ.

ރާއްޖެ އަށް މުދާ އެތެރެ ކުރަނީ: ރާއްޖޭގެ އިމްޕޯޓަށް ކުރިއެރުން ލިބޭ ފޮޓޯ: އެމްޕީއެލް

ޓޫރިސްޓުން އިތުރުވެ ޓޫރިޒަމް އެނދުގެ އަދަދު އިތުރުވި ނަމަވެސް، މަތީ ފަންތީގެ ޓޫރިޒަމް ސިނާއަތަށް ބޭނުންވާ މުދާ ރާއްޖެ އިމްޕޯޓް ކުރި މިންވަރު ކޮވިޑު-19 އިގެ ކުރީގައި ހުރި ވަރަށް އަދިވެސް ނުދާ ކަމަށް ދައްކައިފި އެވެ. 

އެމްއެމްއޭ އިން ނެރުނު މައުލޫމާތުތަކެއްގައިވާ ގޮތުން ފަސް އަހަރު ޓޫރިސްޓުން އައި މިންވަރު މަތިވެ ޓޫރިސްޓު ބެޑް ވެސް ވަނީ އިތުރުވެފަ އެވެ. 

ފަސް އަހަރުތެރޭ 14،000 އެނދު އިތުރުވި

ރާއްޖެއަށް 2019 ވަނަ އަހަރު 1,702,887 މިލިއަން ޓޫރިސްޓުން އައި ނަމަވެސް މިދިޔަ އަހަރު ވަނީ 1,878,543 މިލިއަން ޓޫރިސްޓުން އައިސްފަ އެވެ. ރާއްޖޭގެ ޓޫރިޒަމްގައި 2019 ވަނަ އަހަރު 47,274 އެނދު ހުރި ނަމަވެސް މިދިޔަ އަހަރުގެ ނިޔަލަށް ވަނީ އެނދު ހުރި އަދަދު އިތުރުވެފަ އެވެ. އެ ގޮތުން 14,288 އެނދު އިތުރު ވެފައި ވެއެވެ.

އިމްޕޯޓް އިތުރު ނުވީ - ޓޫރިޒަމް އިމްޕޯޓް އިތުރު ނުވި ސަބަބު ބަލަން ސީދާ ދިރާސާއެއް މިހާތަނަށް ހަދާފައެއް ނެތެވެ. ނަމަވެސް ހިސާބުތަކުން ދައްކާ ގޮތުގައި ޓޫރިސްޓުން އިތުރުވި ނަމަވެސް ޓޫރިސްޓުން ރާއްޖޭގައި މަޑުކުރި ރޭގެ އަދަދަށް އެކަށީގެންވާ އިތުރުވުމެއް އަައިސްފައެއް ނެތެވެ.

ރާއްޖޭގައި 2019 ވަނަ އަހަރު 10.6 މިލިއަން ރޭ ޓޫރިސްޓުން މަޑު ކުރިއިރު މިދިޔަ 2023 ވަނަ އަހަރު ޓޫރިސްޓުން މަޑު ކޮށްފައި ވަނީ 13 މިލިއަން ރެ އެވެ. އަދި 2019 ވަނަ އަހަރު 6.3 ރޭ ރާއްޖޭގައި ޓޫރިސްޓުން މަޑު ކޮށްފައި ވާއިރު މިދިޔަ އަހަރު މަޑުކުރީ 7.6 ރެ އެވެ. 

ފަސް އަހަރު ތެރޭ ރާއްޖޭގެ ޓޫރިޒަމްގެ ބެޑް އިތުރުވި ނަމަވެސް ޓޫރިޒަމަށް މުދާ އެތެރެކުރި މިންވަރު ކޮވިޑް-19 ގެ ކުރީގައި ހުރި މިންވަރަށް އަދިވެސް ނާންނަ ކަމަށް ދައްކަ އެވެ. ޓޫރިޒަމް ސިނާއަތަށް 2019 ވަނަ އަހަރު ވަނީ 753.2 މިލިއަން ޑޮލަރު (11 ބިލިއަން ރުފިޔާ) އިމްޕޯޓް ކޮށްފަ އެވެ. ނަމަވެސް މިދިޔަ އަހަރު ޓޫރިޒަމް އިމްޕޯޓް ހުރީ 515 މިލިއަން ޑޮލަރު (8 ބިލިއަން ރުފިޔާ) ގަ އެވެ. އެހެންވެ މިއީ 220 މިލިއަން ޑޮލަރު މަދު އަދަދެކެވެ.

ފަސް އަހަރުގެ ޓޫރިޒަމް އިމްޕޯޓް

  •  2019 ވަނަ އަހަރު - 753.2
  •  2020 ވަނަ އަހަރު - 352.6
  •  2021 ވަނަ އަހަރު - 447.3
  •  2022 ވަނަ އަހަރު - 522.1
  •  2023 ވަނަ އަހަރު - 515.2

މިދިޔަ އަހަރު ރާއްޖެއަށް ޖުމްލަ 3.4 ބިލިއަން ޑޮލަރުގެ މުދާ ވަނީ އެތެރެ ކޮށްފަ އެވެ. މި އަދަދު 2019 ވަނަ އަހަރު ހުރީ ތިން ބިލިއަން ޑޮލަރުގަ އެވެ. 

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި ޓޫރިޒަމް ސިނާއަތަށް އާމްދަނީގެ ގޮތުގައި 2019 ވަނަ އަހަރު ލިބިފައި ވަނީ 3.1 ބިލިއަން ޑޮލަރެވެ. ނަމަވެސް މިދިޔަ އަހަރު 4.2 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ. ނަމަވެސް މިއީ 2022 ވަނަ އަހަރު ލިބުނު ފަސް ބިލިއަން ޑޮލަރާ އަޅާބަލާނަމަ ނިސްބަތުން ދަށް އަދަދެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.