ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓް އިން ހުޅުމާލެ ފޭސް އެެކެއް ގަ މިރޭގެ ވަގުތެއް ގައި ޑްރަގް އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަން ގައި 8 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.
ހުޅުމާލޭ ގައި ފުލުހުން ހިންގި ޑްރަގްގެ ބޮޑު އޮޕަރޭޝަނެއް ގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކޮށްފި އެވެ.
ފުލުސް އޮޕަރޭޝަން ހިންގީ ހުޅުމާލެ ފޭސް އެެކެއް ގައެވެ. ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓް އިން ހުޅުމާލެ ފޭސް އެެކެއް ގަ މިރޭގެ ވަގުތެއް ގައި ޑްރަގް އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
މި އޮޕަރޭޝަން ގައި 8 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެއީ ހަތް ފިރިހެނުންނާއި އަންހެނެކެވެ.
އިތުރު ތަފްސީލެއް ނުދެ އެވެ. ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ފުލުސް އޮޕަރޭޝަން ގައި ރެއިޑް ކުރީ ޗައިނާ ފްލެޓެއް ކަމަށް އެނގިފައިވެ އެވެ. އަދި އެ ފްލެޓުން މަސްތުވާތަކެތި ހޯދާފައިވާ ކަަމަށް ވެސް ވެ އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.