ޒިކުރާގެ ކުރެހުން، މި އަހަރު މަސައްކަތް ފެށޭނެ

"މިސްކިތުގެ އަމަލީ މަސައްކަތް މިއަހަރުތެރޭ އިރާދަކުރެއްވިއްޔާ ފެށިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ޒިކުރާ މިސްކިތުގެ ކުރެހުން: މި އަހަރު މަސައްކަތް ފެށޭނެ

ޒިކުރާ މިސްކިތް ހުރި ބިމުގައި އާ މިސްކިތެއް ބިނާކުރުމުގެ މަސައްކަތް މި އަހަރުތެރޭ ފެށޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ޒިކުރާ މިސްކިތް އަލުން އިމާރާތްކޮށް ނިމުމުން ހުންނާނެ ގޮތުގެ ކުރެހުމެއް ހިއްސާ ކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއް ގައެވެ.

އަލަން އަޅާނީ ތިން ފަންގިފިލާގެ މިސްކިތެކެވެ.

"މިސްކިތުގެ އަމަލީ މަސައްކަތް މިއަހަރުތެރޭ އިރާދަކުރެއްވިއްޔާ ފެށިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ޒިކުރާ މިސްކިތް ހުރި ބިމުގައި ތިން ބުރީގެ މިސްކިތެއް އަޅަން ކުރީން ވެސް އެ މަސައްކަތް ހަވާލުުކުރި އެސްޖޭއާ އެކު ޖަނަވަރީ 24 ގައި އެއްބަސްވުމެއް ގާއިމު ކޮށްފައެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އެއްބަސްވީ އެސްޖޭގެ ސޯޝަލް ސާވިސް އިނީޝިއޭޓިވްގެ ދަށުން އެ މަޝްރޫއަށް ހަރަދު ކުރާ ގޮތަށް ކަމަށެވެ.

ސަރުކާރު އުފެދުނު ފަހުން / މިނިސްޓަރު ޝަހީމްގެ ވަޒީރު ކަމުގައި މިސްކިތްތައް ބިނާ ކުރުމާއި މިސްކިތްތައް އާބާތުރަފިލުވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވަ އެވެ. އަމިއްލަ ފަރާތްތަކަށް މިސްކިތް ބިނާ ކުރުމަށް ފުރުސަތުތައް ވެސް ތަނަވަސް ކޮށް ދެއްވައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.