މިއީ ދިރިއުޅުމަށް ދޫކުރާ ބިންތަކެކެވެ. ބިން ދޫކުރަނީ ހުޅުމާލެ ހިޔާ އަވަށު ބީޗު ސައިޑުންނެވެ. މިއީ 1864-2408 އަކަފޫޓްގެ ބިންތަކެކެވެ.
މާލެ ސިޓީގެ ބައެއްގެ ގޮތުގައި އޮތް ހުޅުމާލޭގެ ބެލެނިވެރިކަން އޮތް އެޗްޑީސީން ބުނީ ބީލަމުގެ އުސޫލުން 13 ބިމެއް "ބިޑް ޕޯޓަލް" މެދުވެރިކޮށް ގަތުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ. މިއީ ދިރިއުޅުމަށް ދޫކުރާ ބިންތަކެކެވެ. ބިން ދޫކުރަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗު ސައިޑުންނެވެ.
މިއީ 1864-2408 އަކަފޫޓްގެ ބިންތަކެކެވެ.
އެޗްޑީސީން ބުނި ގޮތުގައި ބީލަމަށް ޝަރުތު ހަމަވާނީ؛
ފުރަތަމަ މަރުހަލާ ގައި ޕޯޓަލް މެދުވެރިކޮށް ޝައުގުވެރިކަން އޮތް ބިމަށް އީއޯއައި ހުށައަޅަން ޖެހެ އެވެ. ދެވަނަ މަރުހަލާ ގައި އޮންނާނީ އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީއޯއައި ހުށައަޅާފައި ވާނަމަ އެ ބިމަކަށް ބިޑް ކުރުމެވެ.