ދެ ވަޒީރުން ބައްދަލު ކުރައްވާ ގުޅުން ވަރުގަދަ ކުރަން މަޝްވަރާ ކުރައްވައިފި

އީސް މުއިއްޒު އަދި އެ ގައުމަށް ފުރަމާނަ ދަތުރުފުޅެއް / ރަސްމީ ދަތުރުފުޅެއް ވެސް ނުކުރައްވަ އެވެ. ވަޒީރަކު ވެސް އެ ގައުމަށް މި ވަޑައިގެންނެވީ ވެރިކަމަށް ފަސް މަސް ދުވަސްވީ ފަހުންނެވެ.

ދެ ވަޒީރުން ބައްދަލު ކުރައްވާ ގުޅުން ވަރުގަދަ ކުރަން ވަނީ މަޝްވަރާ ކުރައްވާފައި

ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އިންޑިއާގެ މިނިސްޓަރު އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ބައްދަލު ކުރައްވާ ރާއްޖެ-އިންޑިއާ ގުޅުން އިތުރަށް ބަދަހިކޮށް ވަރުގަދަ ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއް ގައި މިނިސްޓަރު ޒަމީރު، އިންޑިއާއަށް ވަޑައިގެންނެވީ އިއްޔެ އެވެ. މިއީ ތާރީހީ ދަތުރުފުޅެކެވެ. ތާރީހީ ދަތުރުފުޅަކަށް ވެފައިވި އެންމެ ބޮޑު ސަބަބަކީ ރައީސް މުއިއްޒުގެ ސަރުކާރުގެ އިސް ވެރިއަކު އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅަށް މި ދަތުރުފުޅު ވެގެން ދިއުމެވެ.

މިދިޔަ 45 ވަރަކަށް އަހަރުތެރޭ ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި ކޮންމެ ވެރިއަކު ވެސް ފުރަތަމަ ވަޑައިގަންނަވަނީ އިންޑިއާ އަށެވެ. ނަމަވެސް ރައީސް މުއިއްޒު އަދި އެ ގައުމަށް ފުރަމާނަ ދަތުރުފުޅެއް / ރަސްމީ ދަތުރުފުޅެއް ވެސް ނުކުރައްވަ އެވެ. ވަޒީރަކު ވެސް އެ ގައުމަށް މި ވަޑައިގެންނެވީ ވެރިކަމަށް ފަސް މަސް ދުވަސްވީ ފަހުންނެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއަދުގެ ބައްދަލްވުމުގައި ބައިނަލްއަގްވާމީ މައިދާނު ގައި ރާއްޖެ-އިންޑިއާ މަސްލަހަތު އޮންނަ އިސްކަންދޭ ދާއިރާތަކުގައި ގާތުން މަސައްކަތް ކުރަމުން ގެންދިއުމަށް ދެ ބޭފުޅުން ވައުދުވެވަޑައިގެންފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ތަރައްގީއަށް އިންޑިއާ އިން ދޭ އެހީތެރިކަން ފާހަގަކޮށް އެ ގައުމުގެ ހިލޭ އެހީއާ ލޯނު އެހީގައި ހިންގާ މަޝްރޫއުތައް ބާރަށް ކުރިއަށް ގެންދިއުމާއި އިތުރު އެހީތެރިކަން ދިނުމާއި ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ދެ ވަޒީރުން ބައްދަލު ކުރައްވާ ގުޅުން ވަރުގަދަ ކުރަން ވަނީ މަޝްވަރާ ކުރައްވާފައި

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މި ދަތުރުފުޅުން ރާއްޖެ-އިންޑިއާ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ އެވެ. އަދި ރާއްޖެއަށް ބޭނުންވާ އަސާސީ ބާވަތްތައް އިންޑިއާ އިން އެކްސްޕޯޓް ކުރުމުގެ ހުއްދަ އަލުން އާ ކޮށް ދެއްވިއިރު ރެކޯޑް މިންވަރަކަށް ކޯޓާ ކަނޑައަޅާފައިވާތީ އެކަން މިނިސްޓަރު ޒަމީރު ޝުކުރުވެރިކަމާ އެކު ފާހަގަ ކުރެއްވި އެވެ.

ކުރިއަށް އޮތް އަހަރަށް ރާއްޖެއަށް ބޭނުންވާ އަސާސީ ބާވަތްތައް އިންޑިއާ އިން އެކްސްޕޯޓް ކުރުމުގެ ހުއްދަ ދީ އެ ބާވަތްތަކުގެ ކޯޓާ ކަނޑައަޅާފައިވާއިރު ކުރީ ފަހަރުތަކަށް ވުރެ ވަނީ އިތުރުކޮށްފަ އެވެ. އެ ގޮތުން މި އަހަރު ކޯޓާ އާކޮށް ދިނީ އިތުރު ފަސް ޕަސެންޓުގެ އިތުރުކޮށް ދިނުމަކާ އެކު އެވެ. މިއީ 1981 ވަނަ އަހަރު ހާއްސަ ހުއްދައިގެ ދަށުން އިންޑިއާ އިން ރާއްޖެ އަށް ބޭނުންވާ އަސާސީ ކާބޯތަކެތި އެކްސްޕޯޓް ކުރަން ފެށި ފަހުން އެންމެ ބޮޑު ކޯޓާއެއް ކަނޑައެޅި ފަހަރެވެ.

ކާބޯތަކެތީގެ ތެރެއިން ބިހާ އަލުވީގެ އިތުރުން ފިޔާ އާއި ހަނޑޫ އަދި ގޮދަން ފުށާއި ހަކުރާއި މުގުގެ ބާވަތްތަކުގެ ކޯޓާ ވެސް ވަނީ އިތުރުކޮށްދީފަ އެވެ. އަދި ހިލަ އާއި ހިލަވެލީގެ ކޯޓާ ވަނީ އެއް މިލިއަން މެޓްރިކް ޓަނަށް އިތުރުކޮށްދީފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.