ނޯތު ހާބަރުގައި އޮތް ބޯޓަކުން ވައްކަން ކުރި މައްސަލައެއް ވެސް ވަނީ ރިޕޯޓް ކޮށްފައިވެ އެވެ. އެ ބޯޓުން 10 ފުޅި ގޭސް ވަނީ ވަގަށް ނަގާފައެވެ.
މާލެ ސިޓީގައި މިއަދު ވައްކަމުގެ ތިން ހާދިސާއެއް ހިންގައިގެން ރިޕޯޓް ކޮށްފައިވާތީ އެ މައްސަލަތައް ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އަބަދަށްފެހި މަގުގައި ހުރި ނިއުލައިން ފިހާރައިން ވައްކަން ކޮށްފައިވާ މައްސަަލައެއް މިއަދު ހެނދުނު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެ މަގުގައި ހުރި ބޭސް ފިހާރައަކުން ވެސް ވައްކަން ކޮށްފައިވާ މައްސަަލައެއް ހެނދުނު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ނޯތު ހާބަރުގައި އޮތް ބޯޓަކުން ވައްކަން ކުރި މައްސަލައެއް ވެސް ވަނީ ރިޕޯޓް ކޮށްފައިވެ އެވެ. އެ ބޯޓުން 10 ފުޅި ގޭސް ވަނީ ވަގަށް ނަގާފައެވެ.
މި މައްސަލަތަކުގައި މީހަކު އަދި ހައްޔަރު ނުކުރާ ކަމަށް ބުންޏެވެ. ނަމަވެސް މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށް ބުންޏެވެ.