ދެ އެކްސިޑެންޓެއް، އެކެއްގެ ބޯފަޅައިގެން ގޮސް އަނެއް މީހާގެ ފަޔަށް އަނިޔާ

އެކްސިޑެންޓްގައި ދިވެހި ފިރިހެނެއްގެ ބޯފަޅައިގެން ގޮސްފައިވެ އެވެ. އަދި ފައިގެ ކަށިމަތީން މަށައިގެންގޮސް އަނިޔާވި އެވެ. އަނެއް އެކްސިޑެންޓް ގައި ބިދޭސީއެއްގެ ފަޔަށް އަނިޔާވެފައިވެ އެވެ.

މާލެ ސިޓީގެ އަމީނީ މަގު: މިއަދު ވަނީ ދެ އެކްސިޑެންޓެއް ހިނގާފައި ފޮޓޯ: ޔާމިން މުޙައްމަދު / މިރާ

މާލެ ސިޓީގައި ދެ އެކްސިޑެންޓެއް ހިނގާ ދެ މީހަަކަށް އަނިޔާވެއްޖެ އެވެ.

ފުރަތަމަ އެކްސިޑެންޓް ހިނގީ ހަވީރީހިނގުން، ފަންހިޔާ ބިލްޑިން ކައިރީގަ އެވެ. އެކްސިޑެންޓްވީ ޕިކަޕަކާއި ސައިކަލެއް ޖެހި އެވެ.

މި އެކްސިޑެންޓްގައި ދިވެހި ފިރިހެނެއްގެ ބޯފަޅައިގެން ގޮސްފައިވެ އެވެ. އަދި ފައިގެ ކަށިމަތީން މަށައިގެންގޮސް އަނިޔާވި އެވެ.

އެ މީހާ ޕިކަޕިގައި އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދީފައިވާއިރު މިހާރު ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ. 

މީގެ އިތުރުން ކޮއިމަލާ ހިނގުން އަމީނީމަގާއި ގުޅުނު ކަންމަތީ ވެސް އެކްސިޑެންޓެއް ހިނގާފައިވެ އެވެ. އެކްސިޑެންޓްވީ ދެ ސައިކަލު ޖެހިގެންނެވެ. އެކްސިޑެންޓެއް ގައި ބިދޭސީއެއްގެ ފަޔަށް އަނިޔާވެފައިވެ އެވެ.

ހެނދުނު ހިނގި މި ދެ އެކްސިޑެންޓްގެ ހާދިސާ ވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.