ސިއްހީ ހިދުމަތްތެރީންގެ އަގު ވެއްޓޭ ވާހަކަތައް ނުފަތުރަން ގޮވާލައިފި

ކަމުގެ ހަގީގަތާއި ފުރިހަމަ މައުލޫމާތު ނޭންގި މިފަދަ ވާހަކަތައް މުޖުތަމައުގެ ތެރޭގައި ފެތުރުމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ ސިއްހީ ހިދުމަތަށް ބޭނުންވެފައިވާ އާންމު ރައްޔިތުންނަށްކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ޑޮކްޓަރުންތަކެއް: ސިއްހީ ހިދުމަތްތެރީންގެ އަގު ވެއްޓޭ ވާހަކަތައް ނުފަތުރާން މެޑިކަލް އެސޯސިއޭޝަނުން ވަނީ ގޮވާލާފައި --

ސިއްހީ ހިދުމަތްތެރީންގެ، ހާއްސަކޮށް ޑޮކްޓަރުންގެ އަގު ވެއްޓޭ ފަދަ ވާހަކަތަކާއި ފޮޓޯތައް ނުފަތުރަން މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން އިން ގޮވާލައިފި އެވެ.

މެޑިކަލް އެސޯސިއޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ސިއްހީ ހިދުމަތްތެރީންގެ ހިދުމަތުގެ އަގު ވެއްޓި، ސިއްހީ ދާއިރާ އިން ދޭ ހިދުމަތްތަކާމެދު އިތުބާރު ގެއްލޭ ގޮތަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ވާހަކަތައް ފަތުރައި ފޮޓޯ އާންމުކުރުން ފަދަ ކަންކަން އެ އެސޯސިއޭޝަނުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފަ އެވެ.

ކަމުގެ ހަގީގަތާއި ފުރިހަމަ މައުލޫމާތު ނޭންގި މިފަދަ ވާހަކަތައް މުޖުތަމައުގެ ތެރޭގައި ފެތުރުމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ ސިއްހީ ހިދުމަތަށް ބޭނުންވެފައިވާ އާންމު ރައްޔިތުންނަށްކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"މި ފަދަ އިން އަމަލުކޮށް ސިއްހީ މުޅި ނިޒާމަށް އޮތް އިތުބާރު ގެއްލުވާލުމަކީ ކުރަން ޖެހޭ އެތައް ހޭދައެއްކޮށް، ތަކުލީފުތައް އުފުލައިގެން ދިވެހިރާއްޖެ އިން ލިބެން ހުންނަ ފަރުވާ ހޯދުމަށް ރާއްޖެ އިން ބޭރަށް ދިއުމުގެ ސަގާފަތް ދިރުވައިވޭ ކަމެއް،" މެޑިކަލް އެސޯސިއޭޝަނުން ބުންޏެވެ.

އިތުރަށް ބުނެފައި ވަނީ، ސިއްހީ ހިދުމަތްތެރީން ރާއްޖޭގައި މަސައްކަތް ކުރަމުން ދަނީ އެކި ކަހަލަ ގޮންޖެހުންތަކާ ވެސް އެކުގައި ކަމަށެވެ. އެހެންކަމުން އެފަދަ އަމަލުތަކުގެ ސަބަބުން އެފަރާތްތަކުގެ ހިތްތަކުގައި އިތުރަށް މާޔޫސްކަން އުފެދި، ރަނގަޅު ޕްރޮފެޝަނަލް ހިދުމަތްތެރިން ހިދުމަތުގައި ދެމެހެއްޓުމުގައި އިތުރަށް ދަތިތަކާ ދިމާވާ ކަމަށެވެ.

"ސިއްހީ ފަރުވާއާ ގުޅުން ހުރި ކަންކަމުގައި ރަގަޅު މައުލޫމާތު އެނގިހުރެ، ހަގީގަތް ރަގަޅަށް ބެލުމަށްފަހު މެނުވީ ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ނުފެތުރުމަށާއި ސިއްހީ ހިދުމަތްދޭ ފަރާތްތަކުން އެމީހުންގެ ހިދުމަތް ކުރިއަށް ގެންދިއުމަށް މުޖުތަމައުގެ ފަރާތުން ބޭނުންވާ އެހީތެރިކަން ދެއްވުމަށްވެސް މިފުރުސަތުގައި ގޮވާލަން،"

ސިއްހީ ހިދުމަތްތެރީންގެ އަގު ވެއްޓޭ ވާހަކަތައް ނުފެތުރުމަށް ގޮވާލާ މެޑިކަލް އެސޯސިއޭޝަނުން ބަޔާނެއް ނެރެފައިވާއިރު، ސިއްހީ ހިދުމަތް ހޯދުމުގައި ދިމާވާ އެކިއެކި ހާދިސާތައް މީހުން ސޯޝަލް މީޑިއާގައި ހާމަކުރެ އެވެ. ޑޮކްޓަރުންނާއި ނަރުހުންގެ ފޮޓޯއާއެކު ބައެއް މީހުން މިފަދަ ޕޯސްޓްތައް ކުރެ އެވެ. އެގޮތަށް ފޮޓޯ އާންމު ނުކުރަން އައިޖީއެމްއެޗުން ވެސް ވަނީ އެދިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.