ގަވާއިދާ ހިލާފަށް ޓެކްސީ ކުރާ ބިދޭސީންނަށް ފިޔަވަޅު އަޅަނީ

އެގޮތުން، ހުއްދަ ނެތް މީހަކު ޓެކްސީ ކުރި ކަމަށް ނިންމައި 500 ރުފިޔާއިން ޖޫރިމަނާ ކުރުން ނުވަތަ ހުއްދަ ނެތް މީހަކު ޕްރައިވެޓް ހަޔާއެއްގައި ހިދުމަތް ދިން ކަމަށް ނިންމައި 750 ރުފިޔާ އިން ޖޫރިމަނާ ކުރާނެ އެވެ.

މާލޭގައި ދުއްވާ ޓެކްސީއެއް: ގަވާއިދާ ހިލާފަށް ޓެކްސީ ކުރާ ބިދޭސީންނަށް ވެސް ފިޔަވަޅު އަޅަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައި -- ފައިލް ފޮޓޯ

އަމިއްލަ ޓެކްސީތަކުގައި ބިދޭސީން ޓެކްސީ ކުރާ މައްސަލަ ބޮޑުވެފައި ވަނިކޮށް އެފަދަ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ، ގަވާއިދާ ހިލާފަށް ޓެކްސީ ކުރާ ބިދޭސީންނަށް ހަރުކަށި ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ. 

ޓެކްސީ ގަވާއިދާ ހަވާލާދީ މިނިސްޓްރީން ބުނީ، ބިދޭސީ ޑްރައިވަރުންގެ ތެރެއިން ޓެކްސީ ކުރުމުގެ ލައިސަންސް ދޫކުރެވޭނީ، ދިވެހި ދައުލަތުގެ ރެޒިޑެންޓް ވިސާ ލިބިފައިވާ، ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް ކަމަށެވެ. އެނޫން ގޮތަކަށް ޓެކްސީ ކުރާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވެ އެވެ.

އެގޮތުން، ހުއްދަ ނެތް މީހަކު ޓެކްސީ ކުރި ކަމަށް ނިންމައި 500 ރުފިޔާއިން ޖޫރިމަނާ ކުރުން ނުވަތަ ހުއްދަ ނެތް މީހަކު ޕްރައިވެޓް ހަޔާއެއްގައި ހިދުމަތް ދިން ކަމަށް ނިންމައި 750 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

ޓެކްސީ ކުރުމުގެ އެކި މައްސަލަތައް ބޮޑުވެފައިވާއިރު މިނިސްޓްރީން މިހާރު ވަނީ އެއާޕޯޓް ޓެކްސީ ކިޔޫއާ ގުޅޭ ގޮތުން އާންމު ކުރަމުންދާ ޝަކުވާތަކަށް ވެސް ހައްލެއް ހޯދާފަ އެވެ. އެއާޕޯޓް ކިޔޫއިން ވަކި ތަނަކަށް ނޫނީ ނުގެންދިއުން އަދި މިނިސްޓްރީން ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑު އަގު ނަގާ މައްސަލަ އޮތީ ބޮޑުވެފަ އެވެ.

އެހެންކަމުން އެ ސަރަހައްދަށް ފުލުހުން ނެރެ، އެ މައްސަލަ މިހާރު ހައްލު ކޮށްފައިވާ ކަމަށް މިނިސްޓްރީން އިއްޔެ ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.