މަގުމައްޗަށް ކުނި އަޅައި، ގަވާއިދާ ހިލާފަށް ވިޔަފާރި ކުރި 190 މީހަކު ޖޫރިމަނާ

ޝަތުފާ ވިދާޅުވީ މިފަދަ އަމަލުތައް އެންމެ ގިނައިން ހިންގަނީ ބިދޭސީން ކަމަށެވެ. އެގޮތުން، ޖޫރިމަނާ ކުރި މީހުންގެ 80 ޕަސެންޓަކީ ބިދޭސީން ކަމަށް ވިދާޅުވި އެވެ.

މަގުމަތީގައި ކުނި ބަހައްޓާފައި: ތިން މަހުން 190 އަށްވުރެ ގިނަ މީހުން ވަނީ ޖޫރިމަނާކޮށްފައި --

މާލޭގެ މަގުމަތީގައި ގަވާއިދާ ހިލާފު އަމަލުތައް ކުރަމުންދާ 190 އަށްވުރެ ގިނަ މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

ސިޓީ ކައުންސިލުން މިހާރު ދަނީ މާލޭ މަގުމައްޗަށް ކުނި އަޅާ މީހުންނާއި ޕޭވްމަންޓް މަތީ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރުން ފަދަ ކަންކަން ކުރަމުންދާ މީހުންނަށް ފިޔަވަޅު އެޅުމުގެ ގޮތުން ޖޫރިމަނާ ކުރަމުންނެވެ.

ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް އާމިނަތު ޝަތުފާ މިއަދު ވިދާޅުވީ ފެބްރުއަރީ މަހުން ފެށިގެން މިހާތަނަށް މިފަދަ ކަންކަން ކުރި 190 އަށްވުރެ ގިނަ މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އެއީ އާ މޭޔަރު އާދަމް އާޒިމް މަގާމާ ހަވާލުވި ފަހުން ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ޝަތުފާ ވިދާޅުވީ މިފަދަ އަމަލުތައް އެންމެ ގިނައިން ހިންގަނީ ބިދޭސީން ކަމަށެވެ. އެގޮތުން، ޖޫރިމަނާ ކުރި މީހުންގެ 80 ޕަސެންޓަކީ ބިދޭސީން ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން އާންމުންނަށް އުނދަގޫވާނެހެން މަގު މައްޗަށް ފެން ފައިބާ ގޮތަށް ހުރި ތަންތަނަށް ވެސް، އެކަން ރަގަޅު ކުރަން އަންގަމުންދާ ކަމަށް ޝަތުފާ ވިދާޅުވި އެވެ. އެގޮތުން 30 މީހަކަށް މިހާރު އަންގާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ޖޫރިމަނާ ކުރާ އަދަދަކީ ކޮންމެ ފަހަރަކަށް 500 ރުފިޔާ އެވެ.

ސިޓީ ކައުންސިލުން ވަނީ މަގު މައްޗަށް ކުނި އަޅައިގެން ރޯދަ މަސް ތެރޭގައި ވަރަށް ގިނަ ގޭގެ ޖޫރިމަނާ ކޮށްފަ އެވެ. އަދި މަގުމަތިން ކުރި ނެގުމުގެ މަސައްކަތް ވެސް ކޮށްފައިވެ އެވެ. ޖޫރިމަނާ ކުރި ނަމަވެސް އަދިވެސް މަގުމަތީގައި ކުނި ބަހައްޓާ މީހުން އުޅެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.