ހައްޖު ކޯޓާގެ އަދަދު އިތުރު ވާނެ ކަމަށް އުއްމީދު އެބައޮތް: ޝަހީމް

ހައްޖު ކޯޓާ އިތުރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރައްވާ ކަމަށާ އެކަމަށް ހާއްސަ ސިޓީފުޅެއް ސައުދީ ސަރުކާރަށް ފޮނުއްވާފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ޔާމިން/މިރާ

ރާއްޖެއަށް ސައޫދީ ސަރުކާރުން ރަސްމީ ކޮށްދީފައިވާ ރަސްމީ ކޯޓާގެ އިތުރުން މުޅިން އައު ފުރުސަތު ތަކެއް ލިބުމުގެ އުއްމީދު އޮތް ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރީންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި ވަޒީރު ޝަހީމް ވިދާޅުވި ގޮތުގައި ހައްޖު ކޯޓާ ކަންތަކަށް މިހާރު ވަރަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށެވެ. އަދި އުންމީދަކީ ރާއްޖެއަށް ލިބޭ ހައްޖު ކޯޓާގެ އަދަދު އިތުރުވުން ކަމުގައި ވިދާޅުވި އެވެ.

ނަަމަވެސް އެކަން އެނގޭނީ ވަގުތު ކުޑަތަން ވުމުން ކަމަށް ވިދާޅުވި އެވެ.

"ކޯޓާގެ ކަންކަން އިތުރުކުރުމާއި މިކަންކަން މި އޮންނަނީ ކުރީގައި އޮންނަ ގޮތަކަށް ނޫން މިހާރަކު. ސައުދީ އަރަބިއްޔާއިން ވެސް މިހާރު ވަރަށް ބޮޑަށް ނިޒާމެއްގެ ތެރެއިން ކަންކަން ކުރަނީ. އެތާގައި އެކަމަޑޭޓު ކުރޭ ވަރަށް މިނާ އަރަފާތު އަދި މައްކާ ގައި ހުންނަ ހޮޓާތަކާއި އެކަމަޑޭޓު ކުރެވޭ އަދަދު ނޫން ގޮތަކަށް މިހާރު ކަންތައްތައް ކުރިޔަކަށް ނުދޭ،"

ކޮންމެ ގައުމަކަށް ވެސް އާބާދީ އަށް ބަލާފައި ކޯޓާ ދޫކުރާއި ހައްޖު މޫސުން ވަރަށް ގާތްވުމުން ނޫނީ ގައުމުތަކަށް ދޫކޮށްފައި ހުންނަ ކޯޓްތަކުގެ ތެރެއިން ބޭނުންނުކޮށް ހުންނަ ކޯޓާގެ އަދަދު ނޭނގޭ ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"މިސާލަކަށް 50،000 މީހުން ބޭނުންކުރީ ކޯޓާއެއް 100،000 ޖާގަ އޮތް ގައުމެއްގައި އެހެންވީމާ ބާކީ އަދަދު ބޭނުމެއް ނުކުރޭ އެހެންވީމާ ބާކީ އެއޮންނަ އަދަދު އެމީހުން ރިކުއެސްޓު ކޮށްފައި އޮންނަ ރިކުއެސްޓުތަކަށް އެކި ގައުމުތަކަށް މި ބަހާލަނީ،" 

މިއަހަރު ހައްޖު ކޯޓާ އިތުރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރައްވާ ކަމަށާއި އެކަމަށް ހާއްސަ ސިޓީފުޅެއް ސައުދީ ސަރުކާރަށް އެމަނިކުފާނު ފޮނުއްވާފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

ސައުދީން މިހާރު ދޭ ރަސްމީ ކޯޓާގެ އަދަދަކީ 1000 އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.