ދިވެހިންގެ ޓީމެއް ޔޫރަޕުން އުދުހި، ގައުމީ އެއާލައިންގެ އާ ބޯޓާއެކު ރާއްޖެއަށް

މިފަހަރު ގެނެސްފައިވަނީ އޭޓީއާރު މަރުކާގެ ބޯޓެކެވެ. އަންނަ މި އަހަރާއި އަންނަ އަހަރުވެސް އިތުރު އޭޓީއާރު ބޯޓެއް ގެންނާނެ އެވެ.

މޯލްޑިވިއަންއިން އަލަށް ގެނައި އޭޓީއާރު -- އޭވިއޭޓާމޯލްޑިވްސް

ދިވެހި އިންޖިނޭރުންނާއި ފައިލެޓުންގެ ޓީމަކުން ފްރާންސުން ފުރައިގެން ގައުމީ އެއާލައިންގެ އާ ބޯޓާއެކު ރާއްޖެއަށް ޖައްސައިފި އެވެ. 

ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލީޓަށް އިތުރުކުރި އާ އޭޓީއާރު ބޯޓު ރާއްޖެއަށް ޖެއްސީ މިއަދު ހަވީރު އެވެ. މި ބޯޓު ގެނައުމުގެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން (ކެޕްޓަން އަމީން) އާއި ކައުންސިލްތަކާބެހޭ މިނިސްޓަރު، އާދަމް ޝަރީފް ވެސް ބައިވެރިވަޑައިގަތެވެ. 

މޯލްޑިވިއަން އަށް އަލަށް ގެނައި ATR 42-600 ބޯޓާއެކު އެ ކުންފުނީގެ ފްލީޓުގެ ފްލީޓަށް ހަތަރު އޭޓީއާރު އިތުރުވެގެންދާނެ އެވެ. ފްރާންސުން ފުރައިގެން ވީއައިއޭއަށް މިއަދު ޖެއްސި ބޯޓު ގެނައުމުގެ މުޅި އޮޕަރޭޝަން ބެލެހެއްޓީ ދިވެހިންނެވެ. ބޯޓު ގެނައުމުގައި ޕައިލޮޓުންނާއި އިންޖިނޭރުންގެ ގޮތުގައި މަސައްކަތް ކުރީވެސް ދިވެހިންނެވެ. 

ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު ކެޕްޓަން އަމީން ވާހަކަ ދައްކަވަނީ

މި ބޯޓުގެ އިތުރުން މޯލްޑިވިއަންއިން ވަނީ މި އަހަރުގެ ފެބްރުއަރީ މަހު ސިންގަޕޫރުގައި އޮތް އެއާޝޯގައި އިތުރު ދެ ބޯޓަށް އޯޑަރު ޖަހާފަ އެވެ. މި ބޯޓުތައް އަންނާނެ ކަމަށް ބެލެވެނީ މި އަހަރުގެ ފަހު ކޮޅާއި އަންނަ އަހަރު އެވެ. މީގެ އިތުރުން ސަރުކާރުން ވަނީ އެއާބަސްގެ ބޮޑު ބޯޓެއް ގެންނަންވެސް ނިންމާފަ އެވެ. މި ބޯޓާއެކު ދިވެހި ދިދައާއެކު ދުނިޔޭގެ އެކި ހިސާބުތަކަށް ގައުމީ އެއާލައިން އުދުހެން ފަށާނެ އެވެ. 

މޯލްޑިވއަން - ގައުމީ އެއާލައިން ރަސްމީކޮށް އައިލެންޑް އޭވިއޭޝަންގެ ގޮތުގައި އުފަންވީ 2000 ވަނަ އަހަރު އެވެ. މިހާރު މި ކުންފުނީގައި 70 ގޮނޑީގެ ދެ އޭޓީއާރު ބޯޓާއި 46 ގޮނޑީގެ އޭޓީއާރު ބޯޓެއްގެ އިތުރުން 152 ގޮނޑީގެ އެއާބަސް 320 ގެ ބޯޓެއް އޮވެ އެވެ. މީގެ އިތުރުން ޑޭޝް 300-8 މަރުކާގެ އަށް ބޯޓާއި ޑޭޝް 8-200 މަރުކާގެ ދެ ބޯޓުގެ އިތުރުން މޫދަށް ޖައްސާ 11 ސީޕްލޭނުން ހިދުމަތް ދެމުން ގެންދެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.