"މަސައްކަތް ކުރާނީ ތެލެސީމިއާ ކުދީންގެ ފުރިހަމަ ދުޅަހެޔޮ ކަމަށް"

ތެލެސީމިއާ ކުދީންނަށް އިނާޔަތެއް ދިނުމަށް ވެސް ސަރުކާރުން ވަނީ ވައުދުވެފަ އެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި އެކަން ހިމަނުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު

ތެލެސީމިއާ ކުދީންގެ ފުރިހަމަ ދުޅަހެޔޮ ކަމަށްޓަކާ ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި ރައީސް ވިދާޅުވީ ތެލެސީމިއާ ހުރި ކޮންމެ ކުއްޖަކާމެދު ހިތްތަކުގައި ވަނީ ލޯތްބާ އޯގާތެރިކަން ކަމަށާ މަސައްކަތް ކުރާނީ އެ ކުދީންގެ ފުރިހަމަ ދުޅަހެޔޮ ކަމަށްޓަކާ ކަމަށެވެ.

ތެލެސީމިއާ ކުދީންނަށް އިނާޔަތެއް ދިނުމަށް ވެސް ސަރުކާރުން ވަނީ ވައުދުވެފަ އެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި އެކަން ހިމަނުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

މީގެ އިތުރުން ސަރުކާރުގެ ހަރަދުގައި ބޯންމެރޯ ހަދައިދިނުމާއި ތެލެސީމިއާ ކުދީންނަށް ހާއްސަ ހޮސްޕިޓަލެއް އަޅައިދިނުމަކީ ވެސް ސަރުކާރުގެ ވައުދެކެވެ. މިހާރު ވެސް ވަނީ ހިލޭ ބޯންމެރޯ ހަދަން ހަތަރު / ފަސް ކުއްޖަކު ރާއްޖޭން ބޭރަށް ފުރާފަ އެވެ. ފަސް އަހަރުން 50 ކުދިންނަށް އެ ފުރުސަތު ހޯދައިދޭން ސަރުކާރުން ވަނީ ވައުދުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.