މިނިސްޓަރު ޒަމީރު އިންޑިއާއަށް ފުރާވަޑައިގެންފި

މިއީ ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ހަވާލުވެވަޑައިގެންނެވި ފަހުން އެ މަނިކުފާނުގެ ސަރުކާރުގެ އިސްވެރިޔަކު އިންޑިއާއަށް ކުރައްވާ ރަސްމީ ފުރަތަމަ ދަރުފުޅެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު

ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު، އަވަށްޓެރި އިންޑިއާއަށް ފުރާވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރާ ބައްދަލު ކުރައްވާނެ ކަމަށެވެ. އެ ބައްދަލްވުމު ގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

މިއީ ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ހަވާލުވެވަޑައިގެންނެވި ފަހުން އެ މަނިކުފާނުގެ ސަރުކާރުގެ އިސްވެރިޔަކު އިންޑިއާއަށް ކުރައްވާ ރަސްމީ ފުރަތަމަ ދަރުފުޅެވެ. ރައީސް މުއިއްޒު ވެސް އަދި އިންޑިއާއަށް ރަސްމީ ދަތުރުފުޅެއްވެސް، ފުރަމާނަ ދަތުރުފުޅެއްވެސް ނުކުރައްވަ އެވެ. 

އިންޑިއާ މީޑީއާގައި ބުނަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސަ ޒަމީރު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ނިންމަވައި މި މަހުގެ ނުވަ ވަނަ ދުވަހު / މާދަމާ ދިއްލީއަށް ވަޑައިގަންނަވާ ކަމަށެވެ. އަދި މިނިސްޓަރުގެ ފުރަތަމަ އިންޑިއާ ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި މިހާތަނަށް އޮތް ހީނަރު ގުޅުން އަލުން ބަދަހި ކުރުމަށް ދިގުކޮށް މަޝްވަރާތައް ބާއްވާނެ ކަމަށެވެ.

މީގެ އިތުރުން ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރުގެ މަޝްވަރާއިން ދެ ގައުމުގެ ގުޅުންތައް ހަރުދަނާ ކުރުމާއެކު ރާއްޖޭގައި އިންޑިއާއިން ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިމެނޭ ގޮތަށް ގިނަ ކަންކަމުގައި ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރެވޭނެ މަގަށް މަޝްވަރެ ކުރައްވާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

މިނިސްޓަރު މި ދަތުރު ކުރައްވާއިރު ރާއްޖެ- އިންޑިއާގެ ގުޅުމުގައި އެންމެ ބޮޑު މައްސަލައަކަށް ވެފައި އޮތް އިންޑިއާ ސިފައިންގެ މައްސަލާގައި ދެ ގައުމުން އެއްބަސްވެފައިވާ ގޮތަށް މި މަހުގެ 10 ވަނަ ދުވަހުގެ ކުރީން ހުރިހާ ސިފައިން ރާއްޖެއިން ފައިބާ ނިމޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.