ސައިކަލް ވަގަށް ނަގާ ދެ މީހަކު ހައްޔަރު ކޮށްފި

މި ދެ މީހުން ހައްޔަރު ކުރީ އިއްޔެ އެވެ. ފުލުހުން ބުނާ ގޮތުން އެއީ ސައިކަލު ވަގަށް ނެގުމުގެ ރެކޯޑް އޮތް ދެ މީހެކެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ މައި އިދާރާ -- މިންނު އާދަމް ހަލީމް | މި

ސައިކަލް ވަގަށް ނަގާ ކަމުގެ ތުހުމަތު އޮތް ދެ މީހަކު ހައްޔަރު ކޮށް ބަންދަށް މުއްދަތު ޖަހައިފި އެވެ.

މި ދެ މީހުން ހައްޔަރު ކުރީ އިއްޔެ އެވެ. ފުލުހުން ބުނާ ގޮތުން އެއީ ސައިކަލު ވަގަށް ނެގުމުގެ ރެކޯޑް އޮތް ދެ މީހެކެވެ.

  •  ހައްޔަރު ކޮށްފައި ވަނީ 31 އަހަރާ 38 އަހަރުގެ ދިވެހި ދެ ފިރިހެނުން

ފުލުހުން ބުނި ގޮތުގައި 31 އަހަރުގެ މީހާ ވަނީ ސައިކަލެއް ވަގަށް ނަގާ އެ ދުއްވާފައެވެ. އަދި އުމުރުން 38 އަހަރުގެ މީހާއާ ސީން ގައި ސުވާލު ކުރުމުން އޭނާ ވަނީ އެއީ އޭނާގެ ބޭބެއެއްގެ ސައިކަލެއް ކަމަށް ބުނެ ދޮގު މައުލޫމާތު ދީފައެވެ. އެ މީހާ ޝަރީއަތުގައި ބުނީ އެއީ ރަހުމަތްތެރިއެއްގެ ސައިކަލެއް ކަމަށެވެ. ދެ ފަހަރު ބޭނުން ކުރީ ދެ ނަމެވެ.

ކޯޓުން ވަނީ މި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.

ސައިކަލު ވަގަށް ނެގުމަކީ އާންމުވެފައިވާ ބޮޑު މައްސަލަ އެކެވެ. ސައިކަލުތަކުން ވައްކަން ކުރުމާއި ޕެޓްރޯލް ނެގުން ފަދަ ކަންކަން ވެސް ވަނީ އާންމުވެފައެވެ. ވަގުން ހުއްޓުވަން ފުލުހުން ހާއްސަ މަސައްކަތްތަކެއް ކުރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.