ފިޝަރީޒް ދާއިރާގެ ކުދި ކޯސްތައް މިއަހަރު ފަށާނީ

އެމްއެންޔޫއިން ބުނީ ފިޝަރީޒް ކޮލެޖު ގާއިމްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި، މިއަހަރު އެ ދާއިރާގެ ކޯސްތައް ފަށާނެކަމަށެވެ.

ދޯންޏެއްގައި މަސް ބަނާނަނީ : މަސްވެރިކަމުގެ ސިނާއަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ -- މަސްވެރިން

މަސްވެރިކަމުގެ ދާއިރާގެ ކޯސްތައް މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)އިން ބުނެފި އެވެ. 

އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޢައިޝަތު ޝެހެނާޒް އިއްޔެ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ފިޝަރީޒް ކޮލެޖެއް ގާއިމްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. މަސްވެރިކަމާ ގުޅުންހުރި ބައެއް ކޯސްތައް މިހާރުވެސް އެ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ ގެ ދަށުން ކުރިއަށް އެބަ ގެންދެ އެވެ. 

"އޭގެ އިތުރަށް ވެސް ހަމަ އެދާއިރާގެ، ކުދި ކޯސްތައް ނަމަވެސް އަޅުގަނޑުމެން މިއަހަރު ތެރޭގައި، ފަށަން އެބަ ގަސްތުކުރަން އިރާދަކުރެއްވިއްޔާ" ޝެހެނާޒް ވިދާޅުވި އެވެ. 

އޭގެ އިތުރުން ދަނޑުވެރިކަމާ ގުޅުންހުރި ކޯސްތަކެއް ވެސް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޝެހެނާޒް ވިދާޅުވި އެވެ. ޝެހެނާޒް ވިދާޅުވީ ދަނޑުވެރިކަމާ ގުޅުން ހުރި ކޯސްތައް ފަރުމާކުރުމުގެ މަސައްކަތް މުޅިން ނިމިފައިވާކަމަށާއި، އޮގަސްޓު މަހުގެ އާ އިންޓޭކްގައި އެ ކޯސްތައް ފަށާނެ ކަމަށެވެ. 

ފުރަތަމަ ފަށާނީ ދަނޑުވެރިކަމުގެ ސެޓްފިކެޓް އަދި ޑިޕްލޮމާ ލެވެލްގެ ކޯސްތަކެއް ކަމަށާއި، ނަމަވެސް ފަހުން ޑިގްރީ ޕްރޮގްރާމްތައް ވެސް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެމްއެންޔޫއާ ހަވާލުކޮށްގެން ހުޅުވާ ފިޝަރީޒް ކޮލެޖަކީ ރާއްޖޭގައި ގާއިމްކުރެވޭ މިފަދަ ފުރަތަމަ ކޮލެޖެވެ. އެތަނުން ޕީއެޗްޑީއާ ހަމައަށް ތައުލީމް ހާސިލްކުރުމަށް ހުޅުވާލާނެ ކަމަށް މީގެ ކުރިން އެމްއެންޔޫއިން ހާމަކުރި އެވެ. އެތަނަކީ އެހެން ގައުމުތަކުގެ ދަރިވަރުންނަށް ވެސް ތައުލީމް ހާސިލް ކުރެވޭ ގޮތަށް ގާއިމްކުރާ ކޮލެޖެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.