ވީއައިއޭގައި މާރާމާރީ ހިންގި މީހާ ދޫކޮށްލީ ފުރުން މަނާކޮށްފައި

އޭނާއަށް ކޯޓުން ކުރި ޝަތުރުތަކުގެ ތެރޭގައި އެ މައްސަލައިގެ ތަހުގީގު ނިންމަން ދެން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި މާލެ ފިޔަވާ އެހެން ތަނަކަށް ފުރައިގެން ނުދިއުމަށް އަންގާފައިވެ އެވެ.

ވީއައިއޭގައި ހަމަނުޖެހުން ހިންގި މީހާ

އިއްޔެ ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ހަމަނުޖެހުން ހިންގި ބިދޭސީ މީހާ ދޫކޮށްލީ ފުރުން މަނާކޮށްފައިކަން އެނގިއްޖެ އެވެ.

މި ބިދޭސީ މީހާ ވަނީ، އެއާޕޯޓުގެ ރޭމްޕް ޖެކެޓުގައި ހުރި މުވައްޒަފަކަށް ހަމަލާދީ ފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި، ޒުވާބެއްގެ ތެރެއިން ފަސިންޖަރު ވަނީ މުވައްޒަފުގެ މޫނު މަތީގައި ވަރަށް ބާރަށް ޖަހައި އޭނާ ބިންމައްޗަށް ވައްޓާލާފަ އެވެ. ހާދިސާ ހިނގި ވަގުތު މަންޒަރުދުއް މީހަކު ކިޔައިދިން ގޮތުގައި، ފަސިންޖަރު ރުޅިގަދަވެ މާރާމާރީ ހިންގާފައި ވަނީ އެއާލައިނުން ކަނޑައަޅާފައިވާ މިންވަރަށްވުރެ ލަގެޖު ބަރުވުމުން 30 ޑޮލަރު އިތުރަށް ދައްކަން ޖެހިގެންނެވެ.

އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންތަކަކާއި، އެއާޕޯޓުގައި މަސައްކަތް ކުރާ އެހެން މުވައްޒަފުންތަކެއް އޭނާ ހިފެހެއްޓުމަށް މަސައްކަތް ކުރަނިކޮށް، ދެވަނަ މީހަކަށް ހަމަ އެގޮތަށް ހަމަލާދިން މަންޒަރު ފެނެ އެވެ. އަދި އެއަށް ފަހު ދުރަށް ޖައްސާފައި ވަނީ ފުރަން ގޮސް ހުރި އެހެން ފަސިންޖަރެކެވެ.

އެމީހާ ހައްޔަރު ކުރުމަށްފަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން އޭނާ ވަނީ ޝަރުތުކޮށް ދޫކޮށްލާފަ އެވެ. އޭނާއަށް ކޯޓުން ކުރި ޝަތުރުތަކުގެ ތެރޭގައި އެ މައްސަލައިގެ ތަހުގީގު ނިންމަން ދެން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި މާލެ ފިޔަވާ އެހެން ތަނަކަށް ފުރައިގެން ނުދިއުމަށް އަންގާފައިވެ އެވެ.

އަދި، ޖިނާއީ ކުށެއް ނުކުރުމަށާއި ތަހުގީގު ބަޔާން ދިނުމަށް ފުލުހަށް ހާޒިރުވާން ވެސް އަމުރުކޮށްފައިވެ އެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން، އޭނާ ބަންދު ކޮށްފައި ނުވާތީ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އެފަދަ މީހުން ޑީޕޯޓް ކުރަން ވެސް ދަނީ ގޮވާލަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.