"އަމާޒަކީ ރާއްޖޭގައި ތެލެސީމިއާ ކޮންޓްރޯލް ކުރުން"

ތެލެސީމިއާ ކުދީންނަށް އިނާޔަތެއް ދިނުމަށް ވެސް މި ސަރުކާރުން ވަނީ ވައުދުވެފަ އެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި އެކަން ހިމަނުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.

ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް --

ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ތެލެސީމިއާ ބަލި ކޮންޓްރޯލްކޮށް، އެ ބަލި ތަހައްމަލް ކުރާ ކުދިންނަށް ރަގަޅު ފަރުވާގެ ނިޒާމެއް ގާއިމްކޮށްދިނުން ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ތެލެސީމިއާ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއް މިނިސްޓަރު ވިދާޅުވީ ސަރުކާރުން ބާރުއަޅަނީ ބަލި ތަހައްމަލް ކުރާ ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމަކަމާއެކު ފެންވަރު ރަގަޅު ފަރުވާ ފޯރުކޮށްދިނުމަށް ކަމަށެވެ.

އަދި ސަރުކާރުން ވައުދުވެފައިވާ ގޮތަށް، ބަލި ހުއްޓުވުމާއި ކޮންޓްރޯލް ކުރުމާއި އަދި މެނޭޖް ކުރުމުގެ އިތުރުން، ބަލި ޖެހިފައިވާ ކޮންމެ ފަރާތަކަށް ވެސް ފެންވަރު ރަގަޅު ސިއްހީ ފަރުވާގެ ހައްގު ކަށަވަރުކޮށްދިނުމަށް މަސައްކަތް ކޮށްދެއްވަވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ތެލެސީމިއާ ކުދީންނަށް އިނާޔަތެއް ދިނުމަށް ވެސް މި ސަރުކާރުން ވަނީ ވައުދުވެފަ އެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި އެކަން ހިމަނުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

މީގެ އިތުރުން ސަރުކާރުގެ ހަރަދުގައި ބޯންމެރޯ ހަދައިދިނުމާއި ތެލެސީމިއާ ކުދީންނަށް ހާއްސަ ހޮސްޕިޓަލެއް އަޅައިދިނުމަކީ ވެސް ސަރުކާރުގެ ވައުދެކެވެ. މިހާރު ވެސް ވަނީ ހިލޭ ބޯންމެރޯ ހަދަން ފަސް ވަރަކަށް ކުދިން ރާއްޖޭން ބޭރަށް ފުރާފަ އެވެ. ފަސް އަހަރުން 50 ކުދިންނަށް އެ ފުރުސަތު ހޯދައިދޭނެ ކަމަށް ސަރުކާރުން ވައުދުވެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.