ޝެއިހް ޝަފީއު ލިޔުއްވި "ގުރުއާނުގެ އަލީގައި ދަރީން ތަރުބިއްޔަތު ކުރުން" ފޮތް ނެރެފި

ދެކުނުގެ ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ ޝެއިހް ޝަފީއު އަކީ އިލްމީ އަދި ދީނީ މައުލޫތަކަށް ވަރަށް ގިނައިން ލިޔުއްވާ ބޭފުޅެކެވެ. އިލްމީ ވަރަށް ގިނަ ދިރާސާތައް ވެސް ކުރައްވާ ޝާއިއު ކުރައްވަ އެވެ.

ދީނީ އިލްމުވެރިޔާ އައްޝައިހް ޝަފީއު އަބްދުﷲ ލިޔުއްވި ފޮތް ޝެއިހް މުހައްމަދު ލަތީފް އަލީ ނެރެދެއް ވަނީ

ދީނީ އިލްމުވެރިޔާ އައްޝައިހް ޝަފީއު އަބްދުﷲ ލިޔުއްވި "ގުރުއާނުގެ އަލީގައި ދަރީން ތަރުބިއްޔަތު ކުރުން" ފޮތް ނެރެފި އެވެ.

މި ފޮތް ނެރެދެއްވީ އިސްލާމީ މަރުކަޒުގެ އިސް އިމާމު / ދީނީ އިލްމުވެރިޔާ އައްޝައިހް މުހައްމަދު ލަތީފް އަލީ އެވެ.

މި ފޮތް ލިޔުމަށް ގަސްތު ކުރެއްވި ގޮތާ ގުޅޭގޮތުން ޝެއިހް ޝަފީއު ވިދާޅުވީ އިސްލާމީ މުޖުތަމައުތަކުގައި ތަފާތު ގިނަގުނަ ވަބާތަކާއި އިޖުތިމާއީ ބަލިމަޑުކަން މިހާރު ފެތުރިފައިވަނީ މިއިން ޒަމާނަކު ވެސް އެ ކަންކަން ފެތުރިފައި ނެތް މިންވަރަށް ކަމަށާ އާންމުވަމުން ދާ އިޖުތިމާއީ ބަލިމަޑުކަމުގެ ތެރޭގައި ހިމެނޭ އެންމެ ހިތާމަވެރި އެއް ކަމަކީ ދަރީން ތަރުބިއްޔަތު ކުރުމުގައި އިހުމާލުވެވި ފަރުވާ ކުޑަ ކުރެވުން ކަމަށެވެ.

"ނަތީޖާއެއްގެ ގޮތުން އަލަށް އުފެދޭ އިސްލާމީ ޖީލުތައް ފެންނަނީ މުޅިން ފަސާދަވެފައި ވަނިކޮށް. އަޅުގަނޑުމެންގެ ޒުވާނުން ވަނީ ހަލާކުގެ ވަޅުގަނޑުގެ ތުންމައްޗަށް ހުރަހޮޅިފައި. ނުވަތަ އެ ވަޅަށް އެކޮޅުކޮޅުން ވެއްޓިފައި،"

ޝެއިހް ވިދާޅުވީ ތިމާއަށް ޓަކައި ގުރުބާނީތަކެއްވެ ތިމާ ބަލައިބޮޑުކުރި މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި މަސްތުވާތަކެތީގެ ބިރުވެރި މަޅިއާ ދިމާއަށް ހިނގައި ގޮސް އެ މަޅީގައި މެހިގަތުމާއި ބޮޑެތި މަރާމާރީ އާއި ބަދުއަހްލާގީ އަމަލުތަކަށް އަރައިގަތުމާއި، ރަޙިމުގެ ގުޅުމާއި ގާތްތިމާގެކަމުގެ ގުޅުން ކަނޑައިގެން އުޅުމާއި މިހިރަ މިހިރަ ޒާތުގެ އެތަކެއް ފަސާދައެއް ވަނީ އުންމަތުގެ ހާލާ މެދު ވިސްނައި ފިކުރުކުރާ ބަޔަކު ލޭކަރުނަ އަޅާން ޖެހޭ ވަރަށް އާންމުވެފައި ކަމަށެވެ.

އަޅުގަނޑުމެންގެ މުޖުތަމައު ކައި ހުސްކުރާން ދިމާކޮށްގަނެގެން އުޅޭ މި ދެންނެވި ޒާތުގެ ނުބައި ވަބާތަކާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އަޅައި އެ ވަބާތަކަށް އެކަށޭނަ ހައްލެއް ބޭނުންވެފައި ވަނީ އިންތިހާ ދަރަޖައަށް. މި ދަނޑިވަޅުގައި އެންމެ ފުރަތަމަ ކުރާން ޖެހޭ ސުވާލަކީ އަޅުގަނޑުމެންގެ މައްސަލަތަކުގެ ހަގީގީ ހައްލު އޮތީ ކޮންތާކުތޯ ކުރާ ސުވާލު. އަޅުގަނޑުމެންނަށް ޖެހިގެން އުޅޭ އަހްލާގީ އަދި އިޖުތިމާއީ އެތައް ކެންސަރެއްގެ ފަރުވާ ވަނީ ކޮން ބޭހެއް ގައިތޯ. އެ ބޭސް ބޭނުން ކުރާން ޖެހޭ އުސޫލުތަކާއި މިންގަނޑުތަކަކީ ކޮބައިތޯ،" ޝެެއިހް ޝަފީއު ވިދާޅުވި އެވެ.

ދީނީ އިލްމުވެރިޔާ އައްޝައިހް ޝަފީއު އަބްދުﷲ ލިޔުއްވި ފޮތް

ދެކުނުގެ ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ ޝެއިހް ޝަފީއު އަކީ އިލްމީ އަދި ދީނީ މައުލޫތަކަށް ވަރަށް ގިނައިން ލިޔުއްވާ ބޭފުޅެކެވެ. އިލްމީ ވަރަށް ގިނަ ދިރާސާތައް ވެސް ކުރައްވާ ޝާއިއު ކުރައްވަ އެވެ. ވަރަށް މުހިންމު ފޮތްތައް ވެސް ލިޔުއްވާފައިވެ އެވެ.

ޝެއިހް ވިދާޅުވީ "ގުރުއާނުގެ އަލީގައި ދަރީން ތަރުބިއްޔަތު ކުރުން" ފޮތް މި ހަފްތާގެ ތެރޭގައި ދެ ބުކްޝޮޕަކުން ލިބެން ހުންނާނެ ކަމަށެވެ. އެއީ ނާސަރީ ބުކްޝޮފާއި އިރާއީ ބުކް ޝޮޕެވެ. އަދި އަންނަ ހަފްތާ އިން ފެށިގެން ރާދަ ބުކްޝޮޕާއި ނޮވެލްޓީ އާއި އަސްރަފީ އަދި ނޮލެޖް ބުކްޝޮޕާއި މެސެޖް އޮފް އިސްލާމުން ލިބޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.