މަޖިލީސް ނާއިބަކަށް ސައުދާ ގެންނަން ކެމްޕެއިނެއް، ވިދާޅުވީ ގުޅުމެއް ނެތް ކަމަށް

ސައުދީ ވިދާޅުވީ "ސައުދާ ފޯ ޑެޕިއުޓީ ސްޕީކާ" ނަމުގައި ހިންގާ އެކައުންޓަކީ އޭނާއާ އެއްވެސް ގުޅުމެއް އޮތް އެކައުންޓެއް ނޫނެވެ. އަދި އޭނާގެ މަސައްކަތްްތައް ތަރުތީބު ވެެގެން ދާނީ އަދި ދަނީ ވެސް ޕީޕީއެމް / ޕީއެންސީ ލީޑާޝިޕްގެ ވިސްނުމާއި އެއްގޮތަށް ކަމަށެވެ.

ފ. ނިލަންދޫ ދާއިރާގެ އިންތިހާބީ މެންބަރު ފާތިމަތު ސައުދާ

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ ގެންނަން ގޮވާލާ "ސައުދާ ފޯ ޑެޕިއުޓީ ސްޕީކާ" ނަމުގައި އެކައުންޓެއް ހަދަައިގެން ހިންގާ ކެމްޕެއިނާ އެއްވެސް ގުޅުމެއް ނެތް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ސައުދީ ވިދާޅުވީ "ސައުދާ ފޯ ޑެޕިއުޓީ ސްޕީކާ" ނަމުގައި ހިންގާ އެކައުންޓަކީ އޭނާއާ އެއްވެސް ގުޅުމެއް އޮތް އެކައުންޓެއް ނޫނެވެ. އަދި އޭނާގެ މަސައްކަތްްތައް ތަރުތީބު ވެެގެން ދާނީ އަދި ދަނީ ވެސް ޕީޕީއެމް / ޕީއެންސީ ލީޑާޝިޕްގެ ވިސްނުމާއި އެއްގޮތަށް ކަމަށެވެ.

"އަޅުގަނޑުގެ ނަމުގައި މިފަދަ ކަންކަން ނުކުރުމަށް ވަރަށް ބޮޑަށް އެދެން،" އެކްސްގައި ކުރެއްވި ޕޯސްޓެއް ގައި ސައުދާ ވިދާޅުވި އެވެ.

ފ. ނިލަންދޫ ދާއިރާގެ އިންތިހާބީ މެންބަރު ފާތިމަތު ސައުދާ މަޖިލީހުގެ ނާއިބު ރައީސްގެ މަގާމަށް ގެނައުމަށް ގޮވާލާ ކެމްޕެއިން ހިންގަމުންދާ އެކައުންޓުން ވެސް ފަހުން ވަނީ އެއީ ސައުދާއާ އެއްވެސް ގުޅުމެއް އޮތް އެކައުންޓެއް ނޫން ކަމަށް ބުނެފައެވެ. އެއީ ސައުދާގެ ފޭނުން ހިންގާ ޕޭޖެއް ކަމަށާ އެ މީހުން ބޭނުން ވަނީ ސައުދާ މަޖިލީސްގެ ނާއިބު ރައީސް ކަމަށް ގެނައުމަށް ކަމަށް ވެސް ބުންޏެވެ.

"މި އެކައުންޓް ހިންގާ ޓީމަކި ފާތިމަތު ސައުދާ ޑެޕިއުޓީ ސްޕީކާ ކަމަށް ގެންނަން ވަކާލާތުކޮށް ތާއީދު ކުރާ ބަޔަކާ ގުޅުން ހުރި އެކްސް އެކައުންޓެއް. މީ ފޭނުންގެ އެކައުންޓެއް،" ސައުދާގެ މެސެޖަށް ފަހު އެ އެކައުންޓުން އާންމުކުރި ޕޯސްޓެއް ގައި ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.