މީރާގެ ވެރިއަކަށް ޒަރީރު ހަމަޖައްސަން ކޮމެޓީން ނިންމައިފި

ކޮމިޝަނަރު ކަމަށް ޔަޒީދު އައްޔަންކުރުމަށް ހަތަރު ވޯޓު ލިބުނު، ޒަރީރަށް އެމަގާމު އައްޔަނު ކުރަން ފެންނަ ކަމަށް 10 ވޯޓް ލިބުނެވެ.

ކުރީގެ ޓެކްސް ކޮމިޝަނަރު ޔަޒީދު އަދި ކުރީގެ ޑެޕިޔުޓީ ކޮމިޝަނަރު ހަސަން ޒަރީރު --

ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީއިން މިއަދު ފާސްކޮށްފި އެވެ. 

އިގްތިސާދީ ކޮމެޓީގެ ބައްދަލުވުމުގައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޓެކްސް ކޮމިޝަނަރު ކަމަށް އައްޔަންކުރެއްވުމަށް މަޖިލީހަށް ނަން ފޮނުވި ކުރީގެ ޓެކްސް ކޮމިޝަނަރު ޔަޒީދު މުހައްމަދު އަދި ޒަރީރުއާ އިންޓަވިއުކޮށްފަ އެވެ. 

މިއަދު ކޮމެޓީ މެންބަރުންގެ މެދުގައި ނެގި ވޯޓުގައި، ޔަޒީދުއަށް ހަތަރު ވޯޓު ލިބިވަޑައިގަތް އިރު، ޒަރީރަށް 10 ވޯޓު ލިބިވަޑައިގެންނެވި އެވެ. 

ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މަޖިލީސް އިންތިހާބުގައި ވާދަކުރެއްވުމަށެވެ. ނަމަވެސް ކުރިމަތިވީ ބޮޑު ނާކާމިޔާބީ އެކެވެ.

ޒަރީރާއި ޔަޒީދާ ދެ ބޭފުޅުންގެ މަގާމު ގެއްލުނީ، 2019 ވަނަ އަހަރު ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހަކާ ގުޅިގެންނެވެ.

އެ އިސްލާހު ގެނައީ ގާނޫނަކަށްވެ އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން އެއް މަސް ދުވަސް ތެރޭގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް އަލުން ބޭފުޅަކު އައްޔަން ކުރަން ޖެހޭނެ ގޮތަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި މީރާގެ ބޯޑު އަލުން އެކުލަވައިލުމަށެވެ.

ބިލު ތަސްދީގު ކުރުމަށްފަހު އެ މަގާމަށް ހުޅުވާލުމުން މި ދެ ބޭފުޅުން އޭރު ކުރިމަތި ލައްވާފައެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.