ސަފީރު ކަމަަށް ނުވަ ބޭފުޅަކު އައްޔަނު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ބޭރު ގައުމުތަކަށާ ބައިނަލްއަގްވާމީ ޖަމިއްޔާތައް ހިމެނޭ ގޮތަށް ނުވަ ސަފީރުން މިއަދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.

މަގާމަށް އައްޔަނު ކުުރެއްވި ބޭފުޅުންނާ ރައީސް މުއިއްޒު ބައްދަލު ކުރައްވަނީ

ސަފީރު ކަމަަށް ނުވަ ބޭފުޅަކު އައްޔަނު ކުރައްވައިފި އެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ބޭރު ގައުމުތަކަށާ ބައިނަލްއަގްވާމީ ޖަމިއްޔާތައް ހިމެނޭ ގޮތަށް ނުވަ ސަފީރުން މިއަދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.

އެ ބޭފުޅުންނަކީ؛

  •  އެކުވެރި އަރަބި އިމާރާތުގެ ސަފީރު ކަމަށް - މުހައްމަދު ހުސައިން ޝަރީފު
  •  އިނގިރޭސިވިލާތުގެ ސަފީރު ކަމަށް - އިރުތިޝާމް އާދަމް
  •  ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ސަފީރު ކަމަށް - ޑރ. ފަޒީލް ނަޖީބު
  •  އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާގެ ސަފީރު ކަމަށް - ޑރ. އަލީ ނަސީރު
  •  ކިންގްޑަމް އޮފް ބެލްޖިއަމް/ ޔޫރަޕިއަން ޔޫނިއަންގެ ސަފީރު ކަމަށް - ގީލާ އަލީ
  •  މެލޭޝިއާގެ ސަފީރު ކަމަށް - ޑރ. މަރްޔަމް ޝަބީނާ
  •  ރިޕްބްލިކް އޮފް ސްރީލަންކާގެ ސަފީރު ކަމަށް - މަސްއޫދު އިމާދު
  •  އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކުގެ ދާއިމީ މަންދޫބު - ޑރ. ސަލްމާ ރަޝީދު
  •  ސިންގަޕޫރުގެ ސަފީރު ކަމަށް - މުހައްމަދު ލުވޭޒު
ސަފީރު ކަމަށް އައްޔަނު ކުރެއްވި ބޭފުޅުންނާއެކު ފޮރިން މިނިސްޓަރު މޫސާ ޒަމީރު

މި ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

އޭގެ ފަހުން ރައީސް ވަނީ އެ ބޭފުޅުންނާ ބައްދަލު ކުރައްވާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.