މި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެެއީ ކިހާ އަދަދެއް ކަމެއް ނުބުނެ އެވެ.
މައި އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ -- އެމްއޭސީއެލްގެ އުޅަނދެއް ގެއްލުނު މައްސަލަ އެއް ތަހުގީގު ކުރަން ފަށައިފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ އެމްއޭސީއެލްގެ އުޅަނދެއް ގެއްލިފައިވާ މައްސަލަ ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަދި މި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެެއީ ކިހާ އަދަދެއް ކަމެއް ނުބުނެ އެވެ.
އަދި ގެއްލުނީ ކޮން ކަހަލަ އުޅަނދެއް ކަމެއް ވެސް ނުބުނެ އެވެ.
މައްސަލަ ތަހުގީގު ކުރިއަށްދާ ކަމަށް ބުނުން ފިޔަވާ އިތުރު ތަފްސީލެއް ނުދެ އެވެ.