ކޫއްޑޫގެ އިމާރާތަކު ވެއްޓުނު ބިދޭސީއަކަށް ބޮޑު އަނިޔާއެއް

އެކިއެކި މަސައްކަތްތަކުގައި އުޅޭ ބިދޭސީންނަށް މީގެ ކުރިން ވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވެ އެވެ. މަތިން ވެއްޓި މީހުން މަރުވެފައިވެސްވެ އެވެ. މިފަދަ މަސައްކަތްތެރީންގެ ރައްކާތެރިކަމަށް އެދެވޭ ފިޔަވަޅު ނޭޅޭތީ އެކަމުގެ ކަންބޮޑުވުން އަބަދު ވެސް އޮވެ އެވެ.

ކޫއްޑޫ: އެރަށުގެ މަސައްކަތްތެރިއަކަށް ވަނީ މަތިން ވެއްޓި ސީރިއަސް އަނިޔާއެއް ލިބިފައި

ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ބެލުމުގެ ދަށުގައި އޮންނަ ގއ. ކޫއްޑޫގެ އިމާރާތަކުން މީހަކު ވެއްޓި ބޮޑު އަނިޔާއެއް ލިބިއްޖެ އެވެ.

މިފްކޯގެ ޕީއާރު އަރީބާ ހާޝިމް "މި" ނޫހަށް ވިދާޅުވީ އިންޑިއާއަށް ނިސްބަތްވާ އެމީހާ ވެއްޓި، ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އެމީހާ ވެއްޓުނީ އެއް ފަންގިފިލާއަށް ހަދާފައިވާ އިމާރާތެއްގެ 20 ފޫޓު މަތިންނެވެ.

އަރީބާ ވިދާޅުވީ އިންޑިއާ މީހާ ވެއްޓުނީ އެ އިމާރާތުގެ ފުރާޅުގެ މަރާމަތުގެ މަސައްކަތެއް ކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ. މިހާެރު އެމީހާ ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އޭނާގެ ހާލު ދެރަ ކަމުން ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް އަރީބާ ވިދާޅުވި އެވެ.

އެކިއެކި މަސައްކަތްތަކުގައި އުޅޭ ބިދޭސީންނަށް މީގެ ކުރިން ވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވެ އެވެ. މަތިން ވެއްޓި މީހުން މަރުވެފައިވެސްވެ އެވެ. މިފަދަ މަސައްކަތްތެރީންގެ ރައްކާތެރިކަމަށް އެދެވޭ ފިޔަވަޅު ނޭޅޭތީ އެކަމުގެ ކަންބޮޑުވުން އަބަދު ވެސް އޮވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.