އުމްރާ ގުރޫޕްތަކަށް ހުއްދައަށް އެދެން ހުޅުވާލައިފި

ޕްރޮޕޯޒަލް ހުށަހެޅޭނީ ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމާ ބެހޭގޮތުން ގެޒެޓް ކޮށްފައިވާ "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު" ގައި ބުނެފައިވާ ޝަރުތު ފުރިހަމަވާ ކުންފުނި ތަކަށެވެ.

އުމްރާއަށް ފުރަން ގޮސް ތިބި ބަޔަކު ވީއައިއޭގައި: އުމްރާއަށް މީހުން ގެންދަން ބޭނުންވާ ފަރާތްތަކަށް ހުއްދައަށް އެދެން ވަނީ ހުޅުވާލާފައި -- އެމްއޭސީއެލްގެ ފޮޓޯއެއް

ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ގުރޫޕްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ފުރުސަތު މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. 

ޕްރޮޕޯޒަލް ހުށަހެޅޭނީ ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމާ ބެހޭގޮތުން ގެޒެޓް ކޮށްފައިވާ "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު" ގައި ބުނެފައިވާ ޝަރުތު ފުރިހަމަވާ ކުންފުނި ތަކަށެވެ. ޝަރުތުތަކުގެ ތެރޭގައި ކުންފުނިތަކަކީ ސައްތައިން ސައްތަ ދިވެހި ކުންފުންޏަކަށް ވާން ޖެހެ އެވެ.

ޕްރޮޕޯޒަލް ހުށަހަޅާނީ ސިޓީއުރައެއްގައި ބަންދުކޮށް ސިޓީ އުރައިގެ ބޭރުގައި "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި" މިހެން ލިޔެފަ އެވެ. ޕްރޮޕޯޒަލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެއި 12 ވާ އާދިއްތަ ދުވަހުން ފެށިގެން 16 މޭ ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް -- ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު 9:00 އިން 12:00 އަށް އެ މިނިސްޓްރީގެ ކައުންޓަރުންނެވެ.

ރާއްޖޭން މީހުން އުމްރާއަށް ގެންދިއުމުގެ 50 ކުންފުންޏަކަށް ވަނީ ހުއްދަ ދީފަ އެވެ. އޭގެ ތެރެއިން ހަތަރު ކުންފުންޏެއްގެ މުއްދަތު މިދިޔަ މާޗް މަހު ވަނީ ހަމަވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.